ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ ދެކޮޅަށް ހަޅުތާލު ކުރުމަށް ސިއްދީގު ގޮވާލައްވައިފި!

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާ ދެކޮޅަށް ނުކުމެ ހަޅުތާލު ކުރުމަށް ޔޯގާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދި ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓްގައި ހިމެނިވަޑާއިގަންނަވާ،  އަޙްމަދު ސިއްދީގު ގޮވާލައްވައިފިއެވެ.

“ސަންގު“ޓީވީން ގެނެސްދޭ ޚަބަރަށްފަހު ޕްރޮގުރާމްގައި ވާޙަކަދައްކަވަމުން ސިއްދީޤު ވިދާޅުވީ، ސަރުކާރުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް ރައްޔިތެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަން ކެރިގެން ކުރަން ޖެހޭ ކަމަށެވެ.

“ރައްޔިތުން. ތިބޭފުޅުން މިއަދު ގޭގައި ތިބެގެން ނެތް ވާކަށެއް .ޤާނޫނު އަސާސީން ތިޔަބޭފުޅުންނަށް ލާޒިމްކުރާ، ތިޔަބޭފުޅުންނަށް ވާޖިބުކުރާ ، ތިޔަބޭފުޅުންގެ މަސްޢޫލިއްޔަތު ވެސް އަދާކުރަން އެބެޖެހި ވަޑާއިގަންނަވާ.“ ސިއްދީޤު ވިދާޅުވިއެވެ.

މި ހިންގަމުންދަނީ ލާދީނީ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާ ސިއްދީގު ވިދާޅުވީ، ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މި ސަރުކާރު ބަލިކަށިކޮށްލެވޭނެކަމަށެވެ. އަދި ރައީސުލް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މި ވެރިކަން ބަދަލުކުރެވޭނެކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު އިތުރަށް ވިދާޅުވީ، ރައީސް ޞާލިހުއަށް ވެރިކަން ހިންގަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނަކީ ނަމެއްގައި މުސާރަ ނަންގަވަން ހުންނަ ބޭފުޅެއްކަމަށެވެ.

“އެމަނިކުފާނަކަށް ވެރިކަން ހިންގާކަށް އެނގިވަޑައެއް ނުގަންނަވާ. އެމަނިކުފާނު ހަމައެކަނި މުސާރަފުޅު ލިބިވަޑައިގަންނަވާތީ ބޮލެއްގެ ގޮތުގައި އެތާ ހުންނަވައިގެން ދިވެހި ޤައުމުގެ ސދިޔާދަތާއި މިނިވަންކަމާއި ގެއްލުވަމުންދާއިރުގައި އަޅުގަނޑުމެން ދިވެހި ރައްޔިތުން ބަލަންތިބެއްޖެ ކަމުގައިވާނަމަ އޭގެ މާނައަކީ އަޅުގަނޑޫމެންގެ ޒިންމާ އަޅުގަނޑުމެންނަށް އަދާނުކުރެވެނިއްޔޭ“ ސިއްދީގު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން މަސައްކަތައް ނުނިކުމެ ހަޅުތާލުކުރުމަށްވެސް ސިއްދީގުވަނީ އެދިލައްވާފައެވެ.

“ރައޔްިތުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަންވީ. ހުރިހާ ރައްޔިތުން. ސިވިލް ސާވަންޓުންވެސް. މާދަމާ ޓެލެވިޒަން މޯލްޑިވްގެ ބޭފުޅުންވެސް މަސައްކަތަށް ނުނިކުންނަންވީ ނޫންތޯ. އޭތުން ޓެލެވިޒަން މޯލްޑިވްސްގެ އެ ޕްރޮގްރާމްތައްވެސް ހުއްޓާލަންޖެހޭނީ .އޭރުން ސަރުކާރުގެ ޕްރޮޕަގެންޑާ ފެތުރުން ކޮންމެވެސް ވަރަކަށް ހުއްޓިގެންދާން. “ސިއްދީގިު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހޯމް މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ފުލުހުންވެސް ވަޒީފާއަށް ނުނިކުމެ ހަޅުތާލުކުރުމަށް ސިއްދީގުވަނީ އެދިފައެވެ. ހަޅުތާލު ކުރުމަށް ގޮވާލާ، ސިއްދީގު ވިދާޅުވީ އެއީ ކޮންމެ  ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެއީ ކުށްވެރިވާނެކަމެއ ނޫންކަމުގައިވެސް ސިއްދީގުގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު ހަމަ އާދޭސްކޮށްފަ އިލްތިމާސްކޮށްފަ މި ދަންނަވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގެއްލުވާލަމުންދާތީވެ، ދިވެހިރާއްޖެ ލާދީނީ ކުރަމުންދާތީވެ، ދިވެހިރާއްޖެ އިންޑިއާއަށް ވިއްކަމުންދާތީވެ، ތިޔަބޭފުޅުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ހަޅުތާލުކުރުމުގެ ހައްގުގެ ބޭނުންކޮށްގެން ހަޅުތާލުކުރަންވީ. “ސިއްދީގު ވިދާޅުވިއެވެ.

21 ޖޫން ވަނަ ދުވަހުގައި ގަލޮޅު ދަނޑުގައި ޔޯގާދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ފޮނުވިފައިވާއިރު، މި މައްސަލައާއި ގުޅިގެން މީހުން ހައްޔަރުކުރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިށަނުން ދަނީ އެކަމާ ދެކޮޅަށް ހަޅުތާލު ކުރަމުންނެވެ. މީގެ އިތުރުން ރައްޔިތުންގެ އެތައް ބަޔަކުވެސް ޔޯގާއަކީ ލާދީނީ ހަރަކާތެއްކަމަށްބުނެ ދަނީ ހައްޔަރުކޮށްފައިވާ މީހުން ދިފާއުކުރަމުންނވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: