ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެސިޓީ އިތުރަށް ފެހިކުރުމަށް ގަސްޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މުއިއްޒު ވިދާޅުވެއްޖެ!

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ގަސް އިންދަނީ. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ގަސްޖެހުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މާލެސިޓީ ކައުންސިލްގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި ގަސް ޖެހުމުގެ މަސައްކަތް ނކުރިއަށް ދާކަމަށް މޭޔާ ވިދާޅުވިއެވެ.

‘މިހާރު ކަނބާއައިސަ ރަނި ހިނގުމުގައި އަނބުގަސް ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ .”މުއިއްޒު ވިދާޅުވިއެވެ.

މަގުތަކުގައި ތަފާތު އެކި ގަސްތައް އިންދުމުގެ މަސައްކަތް ކުރަމުންދާއިރު މިފަހަރު ޖެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 180 ގަސްކަމަށާއި އޭގެތެރޭގައި ގިނަވާނީ އަނބުގަސްކަމަށްވެސް މުއިއްޒު ފާޙަގަކުރެއްވިއެވެ.

މީގެ އިތުރުން، މުއިއްޒު ވިދާޅުވީ ކައުންސިލަށް ފައިސާ ލިބޭ މިންވަރަކުން އިތުރަށްވެސް ގަސްގަނެ ގަސް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއްތައް އިންދާ މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގަސްތައް އިންދުމުގެ ބޭނުމަކީ މަގުތައް ފެހި ކުރުމުގެ  އިތުރުން މަގުތަކަށް ރީތިކަން ގެނެސްދިނުން ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރަށްރަށުން ބިން ހޯދައިގެން އެރަށްރަށުގައި ގަސް ހެއްދުމުގެ މަސައްކަތް ކުރަން އެ ކައުންސިލުން ބޭނުންވާކަމަށެވެ.

”ބޮޑެތި ރަށްރަށުން ބިން ހޯދައިގެން އަޅުގަނޑުމެން ބޭނުންވަނީ އެ ރަށްރަށުގެ ކައުންސިލްއާ ވާހަކަ ދައްކައިގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން އެ ބިން ތަކުގައި ވިނައާއި ގަހާ އިންދައިގެން އެ ގަސްތައް ގެނެސް ޖަހައިގެން މާލެސިޓީ ފެހިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން” މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީ ފެހި ކުރުމަށް މަގުތަކުގައި ގަސްތައް ޖަހަމުންދިޔަނަމަވެސް މިފަހުން އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުމަށް ވީ އެއްކަމަކީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރއްޤީކުރުމަށް އެމަގުގައިވާ ގަސްތައް ކަނޑާ މައްސަލައެވެ. ގަސްކެނޑުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މައްސަލައެއް ހުށަހެޅިނަމަވެސް ގަސް ކެނޑުން ހުއްޓަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމާ ކޯޓުންވަނީ ވަގުތީ އަމުރެއް ނެރެދިނުމަށް ދެކޮޅު ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: