ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަކު ފިޔަވައި އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ސަންގު --- މުހަައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ހައްގުގައި އިދިކޮޅުން އިއްޔެ ހަވީރު މަސްމާރުކޭޓް ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފިއެވެ.

އިއްޔެ ހައްޔަރުކޮށްފައިވަނީ 7 އަންހެނުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ނުގެންގޮސް ދޫކޮށްލުމަށް ފުލުހުން ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިވިފއެވެ.

ހައްޔަރުކުރި 3 ފިރިހެނުންގެ ތެރެއިން އެކަކު ކޯޓަށް ނުގެންގޮސް ދޫކޮށްލުމަށް ނިންމާފައިވާއިރު އެކަކު ވަނީ ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލުމަށް ނިންމާފައެވެ. އަދި 3 ވަނަ މީހާގެ ބަންދަށް ކޯޓުން ވަނީ 3 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭތީ އާއި މަސްވެރިންނަށް މިސަރުކާރުން ވީ ވައުދުތައް ނުފުއްދޭތީ ކަމަށް ބުނެ އިދިކޮޅުން އިއްޔެ މުޒާހަރާ ކޮށްފައިވަނީ މަސްމާރު ކޭޓް ސަރަހައްދުގައެވެ. އެ މުޒާހަރާގައި 10  މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: