ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑު: ޝައުނާ

މިނިސްޓަރު ޝައުނާ: ފޮޓޯ/ އެންވައިރަމެންޓު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ ބޮޑު ޖޮންޖެހުމަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ކަމަށް އެންވައިރަމެންޓު މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެންވައިރަމެންޓު މިނިސްޓްރީ އަދި ޔުނިސެފު ގުޅިގެން ކުރިއަށް ގެންދިޔަ “މަލްޓި ސްޓޭކް ހޯލްޑަރު ކޮންސަލްޓޭޝަން ވިތް ޔަންގް ޕީޕަލް އޮން ކްލައިމެޓު ޗޭންޖު” ބައްދަލުވުމުގައި ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ދެމިއޮތުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުން އަދި ގަދަ ވިއްސާރަ އާއި ހަލާކުވަމުންދާ ފަރުތަކަކީ، ކުރިއަށް އޮތްތަނުގައި ވެގެންދާނެ ގެއްލުންތަކުގެ މަލަމަތި ކަމަށް ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސަބަބުން ދުނިޔެ ހޫނުވެގެންދާ މިންވަރަށް ކުރާ އަސަރަކީ 0.0035 އިންސައްތަ ކަމަށެވެ. އެހެން ނަމަވެސް ދުނިޔެ ހޫނު ވުމުގެ ސަބަބުން އެންމެ ގަދައަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ޝައުނާ ވިދާޅުވީ، ދުނިޔެ ހޫނުވުމުގައި މައި ރޯލެއް ނުކުޅޭ ގައުމުތަކަށް ދުނިޔެ ހޫނުވެގެންދިއުމުގެ ސަބަބުން ކުރަމުންދާ ބޮޑެތި އަސަރުތައް ފެނުމަކީ ދެރަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މި ކަންކަމަށް ހައްލު ހޯދުމުގެ ޒިންމާވެސް އެޅިފައިވަނީ އެންމެ ގަދައަށް އަސަރު ކުރަމުންދާ ގައުމުތަކަށް ކަމަށް ޝައުނާ އިޝާރާތް ކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ރާއްޖެއިން ފެންނަމުންދާ ކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ރަށް ގިރުމުގެ އަސަރު ފެންނަމުންދާކަމަށެވެ. އަދި ތޫފާނު ފަދަ އަސަރުތައްވެސް ފެންނަމުންދާކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ތިމާވެށީގެ މައްސަލައަކީ ވޭސްޓް މެނޭޖްމެންޓު އަދި ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގައި ޒުވާން ޖީލުތަކުން މުހިންމު ރޯލެއް އަދާ ކުރާ ކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: