ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ، ރައީސް ޔާމީންގެ ބޮޑުތިލަދުންމަތީ ދަތުރު އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ލީޑަރު އަދި ކުރީ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑުތިލަދުންމައްޗަށް ކުރައްވަން ނިންމެވި ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ޕީޕީއެމުން މައުލޫމާތުދިން ގޮތުގައި، މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި، އެ ދަތުރުފުޅު ދެން އޮންނާނީ ހޮނިހިރު ދުވަހު ކަމަށްވެސް ޕީޕީއެމް އިން ބުނެފައި ވެއެވެ.

މި ދަތުރުގައި ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ، ހއ. ކެލާ އާއި، ހއ. ބާރަށް އަދި ހއ. ދިއްދޫގެ އިތުރުން ހއ. އިހަވަންދޫ އަދި ހއ. ތުރާކުނެވެ.

މި ދަތުރުގެ ބޭނުމެއްގެ ގޮތުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވިދާޅުވީ ޕާޓީގެ މެމްބަރުންނާއި އަދި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ހާލަތު ދެނެގަތުމެވެ. އަދި ރިޔާސީ އިންތިހާބަށް އެކުލަވާލާ ޕާޓީގެ މެނިފެސްޓޯގައި ރައްޔިތުން ބޭނުންވާ ކަންތައް ހިމެނުމަކީ ވެސް މި ދަތުރުފުޅުގެ ބޭނުމެކެވެ.އަދި ހާއްސަކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ވުމަށް ކުރަން ޖެހޭ މަސައްކަތްތައް މި ދަތުރުތަކުން ދެނެގަނެވޭނެކަމަށް ހީނާ ވިދާޅުވި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޔާމީންގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަން މިއަދު އިއުލާނުކުރިނަމަވެސް އެ ޕާޓީގެ އިސް ބައެއް މެނަބަރުން މިވަގުތު ތިއްބެވީ ހއ އަތޮޅުގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: