ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ: މެޓް އޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މިދުވަސްވަރު ކުރަމުންގެންދާ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިރޭ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދު ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސްދުވަހު ވެސް ގޯސްވާނެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ފާއިތުވެދިޔަ ދުވަސް ތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިދުވަސްވަރު ރާއްޖޭގެ ބޮޑުބަަޔަކަށް ދަނީ ވިއްސާރަ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: