ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލް ގޮނޑިއެއް ރާއްޖެއަށް ލިބުމަކީ ހާރިޖީ ގޮތުން ލިބުނު ކުރިއެރުމެއް: ފަރަހަނާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެމްބަރުކަން ރާއްޖެއަށް ލިބުމަކީ ހާރިޖީ ގޮތުން ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފަރަހަނާޒް ވިދާޅުވީ ރާއްޖެއަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެމްބަރު ކަން ލިބުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި ޑިމޮކްރަސީ އަށް ކުރެވޭ މަސައްކަތްތައް ބައިނަލް އަގްވާމީ ދުނިޔެއިން ބަލައިގަންނަ ކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
އދގެ އާންމު މަޖިލީހުން ނެގި ވޯޓަކުން 47 މެމްބަރުން ތިބޭ ހިއުމަން ރައިޓްސް ކައުންސިލަށް އަލަށް އައްޔަނު ކުރެވިފައިވަނީ 14 ގައުމެކެވެ. މި ގައުމުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ މައްސަލަތައް ގިނަ އަދަދަކަށް ފެންމަތިވަމުންދާ ސޫދާން ފަދަ ގައުމުތައްވެސް ހިމެނެއެވެ. އދގެ ހިއުމަން ރައިޓްސް ކައުންސިލަށް އަލަށް އައްޔަނު ކުރެވުނު ގައުމުތަކަކީ އަލްޖީރިއާ، ބަންގަލްދޭޝް، ބެލްޖިއަމް، ޗިލީ، ކޮސްޓަރީކާ، ޖޯޖިއާ، ޖަރުމަނީ، ކިރިޖިސްތާނު، ދިވެހިރާއްޖެ، މޮރޮކޯ، ރޮމޭނިއާ އަދި ސޫދާން އާއި ވިއެޓްނާމެއެވެ. މި ގައުމުތައް އައްޔަނު ކުރެވިފައިވަނީ ޖެނުއަރީ 2023 އިން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަކަށެވެ. އދ ގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކައުންސިލަކީ 2006 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާ މަޝްރޫޢުއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: