ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބޭ އާމްދަނީއަށް ވުރެ ބޮޑު ބަޖެޓެއް ހުށަހަޅާތީ އާދަމް ޝަރީފްގެ ފާޑުކިއުން!

މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު އަދަދެއްގެ ބަޖެޓެއް ހުށަހަޅަނީ، 2023 ގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 31 ގައި ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ތައްޔާރުވަމުން ދާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މިއީ ރައްޔިތުން އިތުރަށް ދަރަނިވެރި ވާނެ ބަޖެޓެއްގެ ގޮތުގައި ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ހަރަދުތައް ކުޑަނުކޮށްފި ނަމަ އަހަރު ނިމުމުގެ ކުރިން ރާއްޖެ ބަނގުރޫޓުވާނެ ކަމަށެވެ.

ސަރުކާރުން މިހާ ބޮޑު އަދަދެއް ބަޖެޓެއްގެ ގޮތުގައި ހުށަހަޅަނީ، ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށް ވާތީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް ހުށަހެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލިބޭނެ އާމްދަނީއެއްކަމަށް އަންދާޒާ ކުރީ 24 ބިލިއަން ރުފިޔާ ނަމަވެސް މިހާތަނަށް އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކަނީ 16 ބިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރި އަދަދާއި ގާތަށް ވެސް، އެހީތައް ލިބިފައި ނުވާތީ ދަރަނިތައް ދެއްކުމުގައި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި ބަޖެޓު ފޮތުގައި ދަރަނީގެ ގޮތުގައި އަންދާޒާ ކުރި އަދަދަށް ވުރެ މައްޗަށް ދައުލަތުގެ ދަރަނި ވެސް ވަނީ އަރާފަ އެވެ.

ބަޖެޓާއި ބެހޭ ގޮތުން އިއްޔެ ނޫސްވެރިން ކުރި ސުވާލުތަކަށް އަމީރު ވިދާޅުވީ، މިއަހަރު ގިނަ ރަށްތަކެއްގެ މަޝްރޫއުތަކެއް ނިމޭނެކަމަށާއި އެހެންކަމުން އަންނަ އަހަރު ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ މަޝްރޫއުތަކެއް ނެތް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރެއްގެ ބަޖެޓު ދިރާސާގައި މުވައްސަސާތަކާއި، އިދާރާތްތަށް، އަދި މެމްބަރުންގެ ހުށަހެޅުންތަކާއި އެކު ބަޖެޓު ބޮޑު ކުރާކަން ފާހަގަކުރެވެ އެވެ.

މިއީ އިގްތިސާދީ އަދި މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތަކަށް ވާތީ، އެތެރޭގެ ހަރަދުތައް ކުޑަކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ފިނޭންސް މިނިސްޓްރީން ސާލިއުލާއެއް ނެރުނުނު ނަމަވެސް އެއަށް އަމަލު ނުކުރެ އެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ބަޖެޓު ބޮޑުކޮށް ހުށަހަޅާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: