ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ފަސްޓްލޭޑީ މާލެ ވަޑައިގެންފި

ފަސްޓް ލޭޑީ ފަޒްނާ މާލެ ވަޑައިގެންނެވި މަންޒަރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފުވައްމުލަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ފަސްޓް ލޭޑީ ފަޒްނާ ފުވައްމުލަކަށް ދަތުރު ކުރެއްވީ، މިިނިސްޓްރީ އޮފް ޖެންޑަރ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ފުލުހުންގެ މުއައްސަސާގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލު ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ކަމަނާ ފުވައްމުލަކުގައި ތިން ދުވަސް ހޭދަ ކުރައްވާފައިވެއެވެ.

ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފަސްލޭޑީ ވަނީ، އެ ރަށުގެ އިބަމަ މެމްބަރުނާއި ބައްދަލު ކުރައްވާ، މަސައްކަތްތައް ހިންގަމުންދާ ގޮތާއި މެދު މަޝްވަރާ ކުރައްވާ، މައުލޫމާތު ސާފު ކުރައްވާފައިއެވެ. އަދި ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްވެސް އެކަމަނާ ޝަރަފްވެރިކޮށްދެއްވިއެވެ. މި ދަތުރުގައި އެކަމަނާ ވަނީ ފުވައްމުލަކުގައި ދިރިއުޅެމުންދާ އެންމެ ދުވަސްމީ ދެ އިސްވެރިންގެ ގެއަށް ޒިޔާރަޔްކުރައްވާފައެވެ.

އދ ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ ”ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް“ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: