ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުޑީސީ އުވާލަން ނިންމިއިރު ކުންފުންޏަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ހޯދާފައި ނެތް: އޮޑިޓް ރިޕޯޓް

އެމްއާރުޑީސީއިން ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ މަޝްރޫއުއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެމްއާރުޑީސީ) އުވާލުމަށް ސަރުކާރުން ނިންމިއިރު އެ ކުންފުންޏަށް ލިބެނެ ޖެހޭ އެއްވެސް ފައިސާއެއް ހޯދާފައި ނުވާކަމަށް އޮޑިޓާރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރެފައިވާ ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް އެމްއާރުޑީސީ އުވާލުމަށް 22 ޖެނުއަރީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން ވަނީ ނިންމާފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް އޮފީހުގެ އެ ސިޓީގައި އެމްއާރުޑީސީ އުވާލުމަށް ނިންމާފައި ވަނީ ކުންފުންޏާއި ހަވާލުކުރި މަޝްރޫއުތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންގޮސްފައި ނުވާތީ އާއި، ކުންފުނި އުވާލުމާއި ހިސާބަށް ވެސް އެ މަޝްރޫއުތައް ނިންމުމަށް ފުރުސަތު ދިން ނަމަވެސް ބޮޑެތި މަޝްރޫއުތައް ނިންމުމުގައި ދިގުލައިގެން ގޮސްފައިވާތީ އެވެ. ހަމައެހެންމެ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ތަކުރާރުކޮށް ބޭނުން ކުރިކަން އޮޑިޓު ރިޕޯޓުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޓް ރިޕޯޓުގައި އެމްއާރުޑީސީ އުވާލުމަށް ކުރެވުނު މަސައްކަތާއި ބެހޭ ގޮތުން ފާހަގަ ކޮށްފައިވާ ގޮތުން އެމްއާރުޑީސީ އުވާލުމަށް ނިންމުމާއި ގުޅިގެން ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް 20 މެއި 2018 ވަނަ އަހަރު އެމްއާރުޑީސީ އާއިއެކު ލިކުއިޑޭޝަންގެ މަސައްކަތް ކުރާ ފާމައަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.

މި އެއްބަސްވުމުގައި އުވާލާ ކުންފުނީގެ މުދަލާއި، ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓްތައް ހިފަހަށްޓައި އަދި ކޮންޓްރޯލްކޮށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާއެއް ކަމަށް އެއްބަސްވުމުގައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ލިކުއިޑޭޓަރު އެމް،އާރު،ޑީސީ އުވާލުމުގެ ކުރިން ތައްޔާރު ކުރަން ޖެހޭ ރިޕޯޓާއި ކުންފުންޏަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެމްއާރުޑީސީ އުވާލުމާއި ހަމައަށް އަދާހަމަކޮށްފައިވާ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ ތަފްސީލް ރިޕޯޓެއް ވެސް ލިކުއިޑޭޓަރ ތައްޔާރު ކޮށްފައެއް ނުވެއެވެ. އެމްއާރުޑީސީގެ އެންމެ ފަހުން އޮޑިޓް ކުރެވިފައިވާ 31 ޑިސެންބަރ 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް 171.7 މިލިޔަން ރުފިޔާ ކުންފުންޏަށް ލިބެން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ބުނެފައިވެއެވެ. ނަމަވެސް ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއިރު ވެސް އަދި އޭގެ ފަހުން ވެސް ކުންފުންޏަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ހޯދުމަސް އެއްވެސް މަސައްޖަތެއް ކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލަތައް ހައްލު ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ. އެގޮތުން ކުންފުންޏާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާހަމަކޮށް ކުންފުނިން އުވާލުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އަމަލުކޮށް އެ މަސައްކަތް އަވަހަސް ކުރުމަސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: