އިގްތިސާދީ މަންފާތަށް ހޯދުމަށް ދިވެހި ރައްޔިތުން ވެރިރަށް މާލެއެއަށް ހިޖުރަކުރަމުންދިއުމާއި ގުޅިގެން އަތޮޅު ތެރޭގައި ގެދޮރު އިމާރާތް ނުކުރެވި ހުންނަ ކަމަށް ވޯލްޑް ބޭންކް އިން ބުނެފި އެވެ.
ވޯލްޑް ބޭންކް އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާގޮތުން، ދިވެހި ސަރުކާރުން ރައްޔިތުނަށް އަތޮޅު ތެރެއިން ބިން ދޫކުރި ނަމަވެސް އެކަމުން ގެދޮރުވެރިވާ ރައްޔިތުންގެ އަދަދު އިތުރުވެގެން ނުދެއެވެ. އަދި އެކަން ކުރެވިފައިވަނީ އަތޮޅު ތަކުގައި ގެދޮރު އިމާރާތް ކުރާ މިންވަރުތައް އިތުރުކޮށް ރައްޔިތުން ގެދޮރުވެރި ކުރުވަން ކަމަށްވީނަމަވެސް، ރަންގަޅު މިސްރާބެއްގެ ދަށުން މަސައްކަތްތައް ރޭވި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އެހީ ފޯރުކޮށްދީގެން ނޫންގޮތަކަށް އެކަން ހާސިލު ކުރެވެން ނެތްކަމަށް ވޯލްޑް ބެންކް އިންވަނީ ސިފަކޮށްފައެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައި ވާގޮތުގައި، އިގްތިސާދީ އަދި މާލީ މަންފާތައް ހާސިލު ކުރުމަށް އަތޮޅު ތެރޭގެ ރައްޔިތުން މާލެ އަށް ހިޖުރަ ކުރަމުންދިއުމާއި މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންވެސް އަތޮޅު ތެރޭގައި ދޫކުރެވިފައިވާ ބިންތަކުގައި ގެދޮރު އިމާރާތް ނުކޮށް ހުރެއެވެ.
މީގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އެހީ ފޯރުނުކޮށްދިނުމާއި، އަމިއްލައަށް ގެދޮރު ބިނާ ކުރެވިދާނެ މަގުތައް ރައްޔިތުންނަށް އެނގިފައި ނުވާތީވެސް އަތޮޅު ތެރޭގައި ބިންތައް ހުންނަނީ ހުސްކޮށް ކަމަށާއި އިމާރާތް ކޮށްފައި ހުންނަނީ އެކަށީގެންވާ އުސޫލަކުން ނޫންކަމަށް ވެސް ވޯލްޑް ބެންކް އިން އިޝާރާތްކޮށްފައިވެއެވެ.


One Response
ސަރުކާރުން އެއްފަހަރަކު އުޅުނު އެމީހަކަށް ލިބިފައިން ގޯތީގަ ގެއަޅައިދޭނަމޭ ކިޔާފަ ވަރުގަދަ ފޯމެއްފުރުވި. އެކަމަކު ފަހުން ބުނީ އެއީއެކަމަށް ޑިމާންޑް އޮތްވަރު ބަލަން ކުރިކަމެކޯ.
ހީވާކަހަލަ ފަގީރުންނަށް ކުރި މަލާމާތެއްހެން އެއީ.