ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހއ. އަށް ވަޑައިގަތުން: ބޮޑު ޖަލްސާ މިރޭ އިހަވަންދޫގައި!

ރައީސް ޔާމީން ހއ ގެ ރައްޔިތުންނާއި ަބއްދަލުކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ހއ. އަތޮޅުން ފަސް ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ. އެއީ ދިއްދޫ އާއި އިހަވަންދޫ އާއި ކެލާ އަދި ތުރާކުނުގެ އިތުރުން ބާރަށެވެ.

ހދ. ހަނިމާދޫ މަގުން ހއ. އަށް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ތިއްބެވި އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ޕީޕީއެމުން ބުނީ މިއަދު ހަވީރު އެންމެ ފުރަތަމަ ޔާމީން ވަޑައިގަންނަވަނީ އިހަވަންދޫއަށް ކަމަށެވެ. އަދި އެރަށުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެެވެ. ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މި ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަހަލަ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން އޮންނާނެ އެވެ. އަދި ރައްޔިތުންގެ ހާލަތު ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެކަމަށް ބުނެފައިވެ އެވެ.

ހއ އިހަވަންދޫއިން ވަނީ ރައީސް ޔާމީން ވަޑަިއގަންނަވާތީ ގިނަ ތައްޔާރީތައްކެއް ވެފައިކަންވެރސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: