ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގަށް ލޮނު ލީކުވި މައްސަލަ؛ ސިޓީ ކައުންސިލުން ހުއްދަ ލިބުމުން ހޮޅީގެ މަރާމާތު މަސައްކަތް ސްޓެލްކޯއިން ފަށައިފި

ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން މަގުގެ އަޑިން ލޮނު އަރާ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންހޮޅިއަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތަށް، މާލޭ ސިޓީ ކައުންސިލުން ދޫކުރަން ޖެހޭ ހުއްދަތައް ލިބުމުން، މާލޭގެ ބޮޑުތަކުރުފާނު މަގުގެ، ސްޓެލްކޯއާ ދިމާލުން ތާރުގަނޑު އަޑިން ލޮނު އަރާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ބޮޑުތަކުރުފާނު މަގުން، ސްޓެލްކޯ އާއި ދިމާލުން މަގުގައި ލޮނު ފެން ހުރި މައްސަލަ އާއްމުންނަށް ފާހަގަކުރެވި، އެކަމުގެ ޝަކުވާތައް ކުރަމުން ދަނިކޮށް މިއަދު ސްޓެލްކޯ އިން މީޑިއާތަކަށް ބުނީ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު އަޑިން ލޮނު ފެން އަރަމުން ދަނީ އެ ކުންފުނީގެ އިންޖީނުތައް ފިނި ކުރުމަށް މޫދުން ލޮނު ނަގަން ބޭނުން ކުރަމުން ދިޔަ ހޮޅިއަކަށް ގެއްލުން ވެ ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

މިކަން ފާހަގަކުރެވި، އާއްމުންގެ ފާޑުކިއުން ފުރަތަމަ އަމާޒުވީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ. އެއީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެއްގެ ސަބަބުން ގެއްލުންތަކެއްވާކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރައްދު ދީ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ޓުވީޓެއްކޮށް ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގު ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލީކުވަމުން ދާތީ އާއްމު ރައްޔިތުންގެ ވެހިކަލްތަކަށް ލިބިދާނެ ގެއްލުންތަކަށް ބަލައި ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރިކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ކުންފުންޏަށް އެންގިކަމަށެވެ.

ކައުންސިލުގެ ވާހަކަތައް ދޮގުކޮށް، ސްޓެލްކޯގެ ރައްދުގައި ބުނެފައި ވަނީ އިންޖީނުތަށް ފިނި ކުރުމަށް ބޭނުން ކުރަމުން ދިޔަ އައުޓްފޯލް ހޮޅިއަކަށް ލިބުނު ގެއްލުން ހައްލުކޮށް އެކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތަކަށް ވެސް ތައްޔާރުވެ، ހުއްދައަށް ސިޓީ ކައުންސިލްގައި އެދުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް ޖަވާބެއް ނުލިބުނުކަމަށް މީޑިއާތަކަށް މައުލޫމާތު ދިނެވެ.

މައްސަލަ އަވަހަށް ހައްލު ނުކުރެއްވިއްޖެ ނަމަ، މަގު ބޭނުން ކުރާ އާއްމުންނަށް އޭގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ އޭގެ ސަބަބުން މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ބޮޑު ޖަނަރޭޓަރުތައް ނިއްވާލަން ޖެހި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ވެސް ޖެހިދާނެ ކަމަށެވެ.

މަސައްކަތްތައް ކުރިޔަށް ދާގޮތާއި ބެހޭ މައުލޫމާތު ހޯދުމަށް ”ސަންގު“ އިން ސްޓެލްކޯއަށް ގުޅާލުމުން ވިދާޅުވީ ފެން ހޮޅި މަރާމާތު ކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މާދަމާގެ ހެނދުނު އެ ހޮޅި ބެއްދުމަށް ތާރުގަނޑު ކަފަން ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

އޮފިޝަލް ވިދާޅުވީ މަސައްކަތަށް ލިބެން ޖެހޭ ހުއްދަ ލިބުނީ، އެ ކުންފުނިން ކަންބޮޑުވުންފާޅުކޮށް ކުރި ޓުވީޓަށް ފަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: