ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ލަފާ ދިނީ އިންތިހާބުގައި ޕާޓީއަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ބަޖެޓުން ފައިސާ ދޫކުރުމަށް!

ރިޔާސީ އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ބަދަލު ކުރުން ހިމެނޭހެން ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައާއި އެކު އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ބަދަލުތަކަށް ބިލެއް އެކުލަވާލުމަށް ލަފާ ދީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 36 ވަނަ މާއްދާގެ ދަށުންނެވެ. ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރިއިރު މެމްބަރުން ހުށަހެޅި ހިޔާލަކީ މެމްބަރުންގެ އަދަދަށް ބަލައި ފައިސާ ދޫކުރުން އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާތީ، ޕާޓީތަކަށް އިންތިހާބުތަކުގައި ވޯޓު ލިބޭ އަދަދަށް ބަލައި ފައިސާ ދޫކުރުމަށެވެ. އަދި އީސީން ޑްރާފްޓު ކުރި ބިލުގައި އިސްލާހު ހިމަނާފައިވާ ގޮތަކީ އެއީ އެވެ.

މައްސަލައިގައި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އިލެކްޝަން ކޮމިޝަނާއި ވެސް ބައްދަލު ކުރި އެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައި ވަނީ ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މައްސަލަ ބޮޑު އެއް ސަބަބަކީ ޕާޓީގެ މެމްބަރުންގެ އަދަދުތަކަށް ބަލައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމެވެ. އެހެންވެ ކޮމިޝަނުން ވެސް ހުށަހެޅީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ކުރާ ހަރަދުތަކަށް ހައްލެއް ގެނައުމަށެވެ.

ފައިސާ ދޫކުރުމާއި ގުޅޭގޮތުން ކޮމިޓީގެ ރިޕޯޓުގައި ވަނީ އިންތިހާބުގައި ވޯޓު ލިބޭ އަދަދަށް ބަލައި އެ ޕާޓީތަކަށް ފައިސާ ދޫކުރުމެވެ. ހާއްސަކޮށް ސިޠާސީ ޕާޓީތައް ބެލެހެއްޓުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ހުރި ނަމަވެސް އެއީ އިސްލާހު ކުރަން ޖެހޭ ކަންތަކަށް ވާތީ ސިޔާސީ ޕާޓީތަކަށް ގާނޫނަށް އިސްލާހު ގެނެސްގެން މައްސަލަ ހައްލު ކުރުމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ފޯމުތަކުގެ ސައްހަކަމާއި މެދު ސުވާލުތައް އުފެދުނު ނަމަވެސް، ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގައި ހުންނަ އިނގިލީގެ ނިޝާން ކަށަވަރު ކުރެވޭނެ ވަސީލަތެއް ނުވަތަ އެއްވެސް އިންތިޒާމެއް ނެތްކަން ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕާޓީއަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމުތައް ހުށަހެޅުމުން، ފޯމުތައް ޕްރޮސެސް ކުރުމަށް ވަގުތު ނެގުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންބޮޑުވުންތައް ހިމެނޭހެން ކޮމިޓީގެ ރިޕޯޓުގައި ލަފާދީފައި ވަނީ، އިންތިހާބުތަކުގައި ހޯދާ ނަތީޖާތަކަށް ބަލައި ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމެވެ. އަނެއް ހުށަހެޅުމަކީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފައާއި އެކު މިކަމަށް ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމެވެ.

ކޮމިޓީގެ ނިންމުންތަކުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި ލާމަރުކަޒީ ޤާނޫނަށާއި އިންތިޙާބާއި ބެހޭ ޤާނޫނުތަކަށް ސަރުކާރުންވެސް އިސްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ފެށީ ކޮމިޝަނުގައި 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ވިސްނުން ހުރީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އެކި ގިންތިތަކަށް ބަހާލައިގެން ދިނުމަށެވެ. އެގޮތުން 55 އިންސައްތަ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަކަށް ލިބިފައިވާ ސައްޙައް ވޯޓުގެ ނިސްބަތުން ކަމަށް ހުށަހެޅުމަށް ފަހު، 15 އިންސައްތަ އިދާރީ ފީއެއްގެ ގޮތުގައި ހުރިހާ ޕާޓިތަކަށް ބެހުމަށްފަހު އަނެއް 30 އިންސައްތަ 10،000 މީހުން މީހުން ހަމަވާ ޕާޓީތަކަށް ބަހާލާގޮތަށް އިސްލާހު ހުށަހަޅަން މަޝްވަރާ ކުރިކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް އަނެއްކާވެސް މި މައްސަލަ ފެންމަތިވީ ސިޔާސީ ޕާޓީތަކަށް ނޭނގި މީހުން ވައްދާ މައްސަލައާއި، ވަގު ފޯމުގެ މައްސަލައިގައި އީސީން ވެސް ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: