ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތްތަކެއް ކުރަން: އާތިފް

"ޑެންގީ އިޖާބަ" ޕްރޮގްރާމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތްތަކެއް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

މިއަދު އެޗްޑީސީން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ “ޑެންގީ އިޖާބަ” ޕްރޮގްރާމް ޕްރޮގްރާމް ފައްޓަވައިދެއްވައި އާތިފް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ ޑެންގީ ހުމުން ސަލާމަތްވެ ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުންކަމަށެވެ. އާތިފް ވިދާޅުވީ ހުޅުމާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެޗްޑީސީގެ ފަރާތުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އަދި ޕަބްލިކް ހެލްތާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން ވަކިން ހާއްސަ އިވެންޓްތައް ކުރިއަށްގެންދާކަން އާތިފް ފާހަގަކުރެއްވިއެވެ. އާތިފް ވިދާޅުވީ އާންމު ސިއްހަތާއި ގުޅުން ހުރި ކަންކަމުގައި ފަރުދީ ޒިންމާ ނެގުމާއި މިފަދަ އިވެންޓްތަކާއި ގުޅިފައިވާކަމަށެވެ.

އަޅުގަނޑުމެން މި އަންނަނީ ހުޅުމާލެ އަކީ ސާފު ތަނެއްގެ ގޮތައް ބޭއްވުމަށްޓަކައި ކޮންމެ ދުވަހަކުވެސް މަސައްކަތްތަކެއް ކުރަމުން، ހަމަ އެގޮތައް މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް، މިގޮތަށް ޕަބްލިކް ހެލްތްއަށް ކޮންސާންވާ ކަންތައްތަކަށް ވަކިން މިގޮތަށް އިވެންޓް މިއޮންނަނީ ރޭވިފައި

މީގެ އިތުރުން އާތިފް ވަނީ ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެކި އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޕްރޮގްރާމު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ހުޅުމާލެ ދާއިރާގެ މަޖިލީސް މެންބަރު އަލީ ނިޔާޒެވެ. ނިޔާޒް ވަނީ އެޗްޑީސީގެ ފަރާތުން ރައްޔިތުންނާއި ގުޅުން ހުރި ވަރަސް ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާކަމަށް ފާހަގަކުރައްވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެކަންކަމަށް ކުންފުނިން އިޖާބަދޭކަމަށް ވިދާޅުވެއެވެ. އަދި “ޑެންގީ އިޖާބަ” މި ޕްރޮގްރާމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާވާނެކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ޑެންގީ ވަރަށް ބާރަށް ފެތުރެމުންދާކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ، އެހެންކަމުން ޑެންގީ ސަލާމަތްވުމަށްޓަކައި ހިންގާ މި ޕްރޮގްރާމުގައި ކުންފުނިތަކުން ދެއްވާ އެއްބާރުލުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

ޑެންގީ ވަރަށް ބާރަށް ފެތުރެމުންދޭ، އަޅުގަނޑަށް ލިބިފަ ހުރި ހިސާބުތަކަށް ބަލާއިރުގައި ހުޅުމާލޭގައި ކޮންމެ ހަފްތާއަކު 40 ކޭސް އެބަ ރިޕޯޓްކުރޭ ޑެންގޫ ޖެހިގެން

އެޗްޑީސީ އިން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް މި ހަރަކާތް ހިންގާފައި މި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ބާރުމިނެއްގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މި ހަރާކާތް ކުރިއަށް ގެންގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެންކަމުގައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވާ ކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހަށް ވުރެ މި މަހުގެ މިހާތަނަށް ޑެންގީ ހުން ފެތުރޭ ނިސްބަތް އިތުރުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: