ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ ބޮޑު ކުރުމުން ދައުލަތަަށް 970 މިލިއަން ރުފިޔާ އިތުރުވާނެ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށައަޅުއްވައިދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖީއެސްޓީ އިތުރުކޮށްގެން ދައުލަތަށް 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީ އިތުރު ކުރުމުން 2.1 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ބޮޑު ކުރުމުން އިތުރުވާނެ މިންވަރާއި ބެހޭ ތަފްސީލު ބަޔާންކޮށްދިނުމަށް އެދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ޖީއެސްޓީން މިހާރު ނެގޭ 6 ޕަސެންޓް އިން 8 ޕަސެންޓަށް އިތުރުކުރުން 2 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

އާއްމުކޮށް ހައުސްހޯލްޑްސްގެ ގޮތުގައި ގެންގުޅޭ ގިނަ އައިޓަމްސް ތަކަކީ މިހާރުވެސް ޓެކްސް ހިމެނިފައިނުވާ  އައިޓަމްސް ތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އަމީރު ވިދާޅުވީ އެންމެ ފަގީރު އާއިލާއަކުން ބާޒާރުކުރަން ގޮސް ބޭނުންކުރާ ބާސްކެޓްގައި ހުންނަ ގިނަ މުދަލުގައި ޖީއެސްޓީ ނުހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އިންފްލޭޝަނަރީ ޕްރެޝަރ ތަކެއް ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާރު އަންދާޒާ ކުރެވޭ ގޮތުންނާއި ފިސްކަލް ސްޓްރެޓަޖީ ގައި ހިމަނާފައިވާ ގޮތުން ޖީއެސްޓީ އަށް ގެންނަ ބަދަލުތަކާއި ގުޅިގެން އިންފްލޭޝަން ޕްރެޝަރސް ގާތްގަނޑަކަށް 1 ޕަސެންޓް ކޮންޓްރިބިއުޓް ކުރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައެވެ.

ޖީއެސްޓީ ބޮޑުކުރުމާއި ގުޅޭ ބިލަކީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު   ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލަށް އިޞްލާހު ގެނައުމުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ޚަރަދުގެ ސިޔާސަތު ތަކާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަކުރެވިފައިވާތީ، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ދައުލަތައް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތައް ލިބޭ އާމްދަނީ އިތުރު ކުރުމެވެ.

އިޞްލާޙުގައި ވަނީ ޓުވަރިޒަމް ދާއިރާއާއި ގުޅުން ހުރި އެންމެހާ ޚިދުމަތްތަކަށް ޖީއެސްޓީ މިހާރު ނެގެމުންދާ ރޭޓުކަމަށްވާ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށެވެ.

ޓެކްސް ބޮޑު ކުރުމަށް ނިންމައި، ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުން ފެށިގެން ބިލު ގާނޫނަކަށް ވެސް ތަސްދީގު ކުރަން ފެށުމެވެ. ނަމަވެސް އެކަމަށް ދެކޮޅު ހައްދަވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދާއި އަރިސް މެމްބަރުންނެވެ. އެމަނިކުފާނު ވެސް ހިމެނޭހެން، މެމަބަރުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސަރުކާރުން ކުރަމުން ދާ ބޭކާރު އެތެރޭގެ ހަރަދުތައް ކުޑަކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: