ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 1366 އަށް އަރައިފި

ކޮވިޑު 19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަނީ ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 1366 މީހުން ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިހާތަނަށް 167،087 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 385،027 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. 399،131 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ކޮވިޑް ވެކްސިން އިން ދިފާއުވުމަށް ބޫސްޓަރ ޑޯޒްގެ 4 ވަނަ ޑޯޒެއް ދެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ 4 ވަނަ ޑޯޒް ދެމުންގެންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ބޫސްޓަރ 4 ވަނަ ޑޯޒްގެ ފުރަތަމަ ޑޮޒް ޖަހަނީ ބޫސްޓަރ 3 ވަނަ ޑޯޒް ޖެހިފަހުން 4 މަސް ވެފައިވާ މީހުންނަށެވެ.

ކޮވިޑް19 އިން ދިފާއު ވުމަށް ރާއްޖޭގައި ވެކްސިން ދެމުންގެންދާއިރު ތަފާތު އެކި ނަންނަމުގެ ވެކްސިން ދެމުންދާ ކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކޮވިޝީލްޑާއި ސައިނޮފާމް ގެ އިތުރުން ފައިޒާ  ވެކްސިން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: