ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ގޮތަކަށް މަރުވި މީހާގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް ކުއްލި އަކަށް މަރުވި މީހާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަތުކޮށްގެން ގެންދަނިކޮށް ކުއްލި ގޮތަކަށް މަރުވެފައި ވަނީ އަމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދުއެވެ. އޭނާއަކީ ގދ ހޯޑެއްދޫއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާއްމުންވެސް އެވަގުތު ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ. ހާދިސާ އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ހޯޑެއްދޫ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް މަޑަވެލި ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވި މީހާ މަރުވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކާ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މި ހާދިސާ އާއި ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާ ކުރެވި ތަހްގީގު ކުރުމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ އަބްދުﷲ ރަޝީދު ކުއްލި ގޮތަކަށް މަރުވި މައްސަލައިގެ ކަން ހިނގި ގޮތް ބަލައި މިނިވަން ތަހުގީގެއްކޮށް އެކަން ހިނގާދިޔަ ގޮތް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. ނުފެންނަ ކަމަށް 22 މެމްބަރަކު ވޯޓު ދެއްވިއެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް ކުއްލި އަކަށް މަރުވި މީހާގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއްވެފައިވާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމްރާން ކުރެއްވި  ޓްވީޓްގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު ނިޔާވެފައިވާތީ އެކަން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަތާ ތަކުންވެސް އެމައްސަލަ ހާއްސަ ސަމާލު ކަމެއް ދެއްވައިގެން އަވަހަށް ބެލުމަށް ވަނީ ދަންނަވާފައެވެ.

އިމްރާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިނގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: