ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު ގިނަ މައްސަލަތަކުގެ ތަހުގީގު ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކުގެ ތަޙުޤީޤު ނިންމައިފިއެވެ.

މިގޮތުން، މި އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވި ދުވަސް ކަމުގައިވާ 13 ސެޕްޓެންބަރު 2021 އިން ފެށިގެން މިއަދުގެ ނިޔަލަށް 111 މައްސަލަ ތަޙުޤީޤުކޮށް ވަނީ ނިމިފައެވެ. މީގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭ 64 މައްސަލައާއި، ޤާނޫނާ ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ޙައްޤާ ގުޅޭ 23 މައްސަލައާއި، މަސައްކަތްކުރުމުގެ ޙައްޤާ ގުޅެ 21 މައްސަލައާއި، އަދުލުވެރިކަމާއެކު އިދާރި ފިޔަވަޅުތައް އެޅުމުގެ ޙައްޤާ ގުޅޭ އެއް މައްސަލައާއި، ޒާތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭ އެއް މައްސަލަ އަދި ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާ ގުޅޭ އެއް މައްސަލަ ހިމެނެއެވެ. އޯ.ޓީ.ޖޭ އަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރު 2021ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މި އޮފީހަށް ޖުމްލަ 489 މައްސަލަ ހުށަހެޅުނުއިރު، އޭގެތެރެއިން މި އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ.

މިހާރު ތަޙުޤީޤު މަރުޙަލާ ނުނިމި ހުރި މައްސަލަތަކުގެ ތަޙުޤީޤު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޯ.ޓީ.ޖޭ އިން ކުރަމުންދާ ކަމަށާއި  ޤާނޫނު ނަންބަރު: 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ ދެވަނަ ބާބުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ސުލްޙަކުރުމުގެ މަސައްކަތްވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ބުނެފައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: