ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ގެ ހަށިގަނޑު ވަޅުލަން އާއިލާއާ ހަވާލްކޮށްދީ، އިތުރު އެއްވެސްކަމެއް ބޭނުމެއް ނޫން: އާއިލާ

އަބްދުﷲ ގެ އާއިލާއިން މީޑިއާތަކާއި ބައްދަލު ކުރުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ ހޯނޑެއްދޫ ސާވެން އަބްދުﷲ ރަޝީދުގެ މަރާއި އެކު އާއިލާ އަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އޭނާ ދުނިޔެއިން ވަކިވެގެން ދިޔައީ މެއަށް ތަދެއް އަރައި އެކަމަށް ފަރުވާ ދިނުމަށް ފުލުހުންގެ ގާތުގައި އާދޭސް ކުރާ ހާލުގައެވެ.

ފުލުހުންގެ އިހުމާލުން އޭނާ މަރުވެފައިވަނީ ދެ ގަޑިއެއްހާއިރު ވޭނާއި ތަދާއި އެކު ރޮއި ހޭރުމަށް ފަހުގައި އާއިލާއިން ވަނީ ބުނެފައެވެ.

ހޯޑެއްދޫ އިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ލޯންޗަށް އެރުވި ގަޑީގައި މެއަށް ތަދެއް އަރައި އޭނާ ވަނީ ކުއްލިއަކަށް ނިޔާވެފައެވެ.

މި މައްސަލައިގައި އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް މިއަދު އޭނާގެ އާއިލާގެ ފަރާތުން ގަލޮޅު ސަހަރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ރަޝީދުގެ މަންމަ ވަނީ އެހާދިސާ އާއި ގުޅިގެން ކަންހިނގާ ދިޔަގޮތް ކިޔައިދީފައެވެ.

އަބްދުﷲ ގެ މަންމަ ބުނީ އޭނާ ދިރިއުޅޭ ގެއަށް މަންމަ ދިޔައީ ކާން ގުޅަގުޅާ ފޯނު ނުނަގައިގެން ކަމަށެވެ. ދިޔައިރު ފުލުހުން ވަނީ އެގެ ބަންދުކޮށް ބަލައިފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

އޭނާ ކިޔައިދިން ގޮތުގައި ދަރިފުޅު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ މަންމަ އާއި ބައްދަލުކޮށްލަން ފުރުސަތު ވެސް ނުދީއެވެ. ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗަށް އެރުވީ ވެސް މަންމަ ރޮއިރޮއި އޮއްވާ މޫނުވެސް ދައްކައިނުލައެވެ.

އޭނާ ބުނީ އަބްދުﷲ އަށް ސިއްހީ ފަރުވާ ދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ފުލުހުންނަށް ދެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން އެކަމަށް ދެކޮޅު ހެދުމުން ސިއްހީ މަރުކަޒުގެ މެނޭޖަރު ލޯންޗް ދޮށަށް ގޮސް އެތަނަށް ޑޮކްޓަރަކު ވެސް ގެނެވިދާނެ ކަމަށް ފުލުހުންނަށް އެންގިއެވެ. ނަމަވެސް ފުލުހުން ވަނީ އަބްދުﷲ އަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައެވެ.

އަބްދުﷲ ގެ މަންމަ ބުނިގޮތުގައި އޭނާ މަރުވުމުން އާއިލާ އަށް ވެސް އެންގުމެއްނެތި ފުލުހުން އޭނާ ގެންގޮސް މަޑަވެއްޔަށް އެއްލާލުމަށްފަހު އެމީހުން އެތަނުން ފުރައިގެން ދިޔައީ ކަމަށެވެ. އާއިލާ އަށް އަބްދުﷲ މަރުވިކަން އެނގުނީ މަޑަވެލިން މީހަކު އެވާހަކަ އެމީހުން ގާތުގައި ބުނުމުން ކަމަށެވެ.

މަރުވީމާ އަޅުގަނޑުމެންނަށް ވެސް ނާނގާ ގޮސް މަޑަވެއްޔަށް ނަގާ އެއްލާލާފައި އެމީހުން ރައްކާވީ. ދެންވެސް އަޅުގަނޑު މެންނަކަށް ނޭނގޭ. ހުއްޓާ މަޑަވެލިން ކޮންމެވެސް މީހަކު ގުޅާފައި ބުނީ ކަލޭގެ ދަރިފުޅު މަރުވެއްޖެއޭ. އަބްދުﷲ ގެ މަންމަ

އަބްދުﷲ ގެ މަންމަ ބުނީ ދަރިފުޅު މަރުވި ހަބަރު މީހެއްގެ ފަރާތުން ލިބިގެން ދިޔައިރު އޮތީ ފުރާނަނެތް މަސްގަނޑު ކަމަށެވެ.

މެޔަށް ތަދެއް އަރައިގެން މަރަށް ތެޅެމުން ދިޔައިރު އަބްދުﷲ އޮތީ ލޯންޗުގެ ކުރީކޮޅުގައެވެ. އޭނާގެ ފަހަތުގައި ފުލުހުުންގެ ދެމީހުން ތިއްބެވެ. ލޯންޗުގައި ތިބި މީހުންނާއި ހަވާލާދީ އާއިލާ އިން ބުނިގޮތުގައި ފަހަތުގައި ތިބިއިރު އެމީހުންނަށް އަބްދުﷲ ރަނގަޅަކަށް ނުފެނެއެވެ.

އާއިލާއިން ބުނީ އަބްދުﷲ އެއޮތީ މަރުވެފައި ކަމަށާއި ދެން އޭނާ އެނބުރި ނާންނާނެ ކަމަށެވެ. އެހެންވެ އެންމެން ވެސް ބޭނުން ވަނީ އިތުރު ކަމެއް ނުކޮށް އަބްދުﷲ ވީ އެންމެ އަވަހަކަށް ވަޅުލުމަށެވެ.

އަބްދުﷲ ގެ މަންމަ ބުނިގޮތުގައި މަރާއި ގުޅިގެން އެއްވެސް މައްސަލަ އެއް ޖައްސަން ބޭނުން ނުވާ ކަމަށާއި މައްސަލައެއް ޖައްސައިގެން ވާނެ ފައިދާ އެއް ވެސް ނުފެންނަ ކަމަށެވެ. އެހެންވުމާއެކު މަންމަ އާއި މުޅި އާއިލާއިން ވެސް ބޭނުންވަނީ އަބްދުﷲގެ ފުރާނަނެތް މަސްގަނޑު އަވަހަށް ވަޅުލާށެވެ.

އަބްދުﷲ ގެ ހަށިގަނޑު ވަޅުލުމަށް އާއިލާ އާއި ހަވާލްކޮށްދޭން އެދެމުންދާއިރު ފުލހުން އަންނަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: