ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

41.5 ބިލިއަންގެ ބޮޑު ބަޖެޓު މާދަމާ މަޖިލީހަށް ހުށައަޅަނީ!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާގޮތުން ކުރިއަށް އޮތް އަހަރުގެ ބަޖެޓު މަޖިލީހަށް ހުށައަޅުއްވާނީ މިނިސްޓަރ އިބްރާހިމް އަމީރު އެވެ. ބަޖެޓު ހުށައެޅުމަށް ކަނޑައެޅިފައިވަނީ ހެނދުނު 9:00 ގައެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުގައި ހުށައެޅިގެންދާނެ އެންމެ ބޮޑު ބަޖެޓެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބެޖެޓާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ގޮތުގައި ކަނޑައެޅިފައިވަނީ 41.5( ސާޅީސް އެކެއް ޕޮއިންޓު ފަހެއް) ބިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރުގެ ބަޖެއްޓަށްވުރެ އިތުރު އަދަދެކެވެ. 2022 ވަަނަ އަހަރުގެ ބަޖެޓަކީ 37(ތިރީސް ހަތް) ބިލިއަން ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވެފައިވާގޮތުން، މި އަދަދު އިތުރުވުން ނުވަތަ ކުޑަވުން އެކަށީގެންވެއެވެ. މަޖިލީހަށް ބަޖެޓު ހުށައެޅުމަށްފަހު، ދެން ކުރިއަށް ގެންދާނީ ބަޖެޓު ކޮމިޓީއިން ކުރިއަށް ގެންދާ މަރުހަލާއެެކެވެ. 2023ގެ ބަޖެޓު ފާސްކުރާނީ އެ މަރުހަލާ ނިމުމުން، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައެވެ.

2023 އަށް 41.5(ސާޅީސް އެކެއް ޕޮއިންޓު ފަހެއް) ބިލިއަންގެ ބަޖެޓެއް ހުށައެޅުމަށް ފިނޭންސް މިނިސްޓްރީއިން ތައްޔާރުވެފައިވާއިރު، ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައްވަނީ އިންތިހާއަށް އިތުރުވެގޮސްފައެވެ. ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން ދައްކާގޮތުން އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 21( އެކާވީސް) ބިލިއަން ރުފިޔާ ލިބިފައިވާއިރު ހަރަދުގެ ގޮތުގައި 28(އަށާވީސް) ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: