ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް އެންމެ ބުއްދިވެރިވާނީ މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުން: ޓޮމް

ރޭގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ޓޮމް ވަހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މިވަގުތު އަމަލު ކުރެވެން އޮތް އެންމެ ބުއްދިވެރި ގޮތަކީ، މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުންކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގުވަނީ ދިވެހިންނަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަޔާނެއް ނެރުއްވާފައިވާކަމަށް އިޝާރާތްކުރައްވާ، ތާރިގު ވިދާޅުވީ، ރާއްޖެ އަދި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި އެޓޯރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަތައް “ކެންސަލް” ކުރައްވަން އެނާއަށް އެންގެވުންވެސް ބުއްދިވެރިކަމަށް ތާރިގު ވިދާޅުވިއެވެ.

 

މީގެ އިތުރުން ތާރިގު ވިދާޅުވީ، ރައީސް ސާލިހު ފޮނުއްވި ސިޓީ އަނބުރާ ގެންނަވައި، ރިފްއަތު ދެއްކެވި ވާހަކަތައް ކެންސަލް ކުރައްވަން އެނާ ގާތު ދެންނެވި ނަމަވެސް، ރައީސް ސާލިހު ގައުމަށް “ގައްދާރު” ނުވާކަމަކަށް ނުވާނެކަމަށެވެ.

ތާރިގު ފާޑުކިޔުންތައް ރައީސް ސާލިހުގެ އަދި އޭޖީ ރިފްއަތުއަށް އަމާޒުކުރެއްވިއިރު، ރައީސް ނަޝީދުވަނީ ސަރުކާރުން ގެންގުޅެމުންދާ ވިސްނުމާއި ދެކޮޅަށް އެމަނިކުފާނު ވިސްނަވާކަން ހާމަކުރައްވާފައެވެ. ތާރީހީ ގޮތުން ކަންކަން އޮތް ގޮތް ހާމަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން މަސްވެރިކަންކޮށް އުޅުނީ ދިވެހިން ކަމަށާއި އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގީ ރާއްޖެއަށް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: