ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮޅުދޫ މަގުތަކުގައި ތާރު އެޅުމަށް އާރުޑީސީ އާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އާރުޑީސީ އާ ހަވާލު ކޮށްފިއެވެ.

ނ ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތަކީ ރަށުގެ ކައުންސިލްގެ ފަރާތުންވެސް ސަރުކާރުގައި އެދެމުން އަންނަ މަސައްކަތެކެވެ. އަދި މިއަހަރުގެ ޖޫން މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހޮޅުދުއަށް ކުރެއްވި ދަތުރުގައި ވެސް އެރަށުގެ ކައުންސިލުން ވަނީ ރަށުގެ މަގުތައް ތަރައްގީ ކޮށްދިނުމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

ހޮޅުދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން، ރަށުގެ 4.3 ކިލޯމީޓަރު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫގައި ހިމަނާފައިވަނީ ރަށުގެ މުހިއްމު މުއައްސަސާތައް ހުރި މަގުތަކާއި އާއްމުންގެ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ބޭނުންކުރާ މަގުތަކެވެ.

މަގުހެދުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަގު ހެދުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާރުޑީސީ އަށް ހޮޅުދޫ މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 71 މިލިއަން ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: