ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީއަކަށް އިހުތިރާމެއް ނުކުރާނަން: ރައީސް ޔާމީން

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްއަށް ފޮނުއްވި ސިޓީއަށް އިހުތިރާމް ނުކުރައްވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި، ފޯޅަވަހީގެ މައްސަލައަށް އަލިއަޅުވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މޮރިޝަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށޫއެރުމުގެ ސަބަބުން، ރާއްޖެއިން ވަނީ ކަނޑުގެ ސަރަހައްދު ވަކި ބޮޑު މިނެއްގައި ހިފެހެއްޓުމަށް ހުށައަޅާފައިކަމަށެވެ. އަދި މޮރިޝަސްއިންވަނީ އެ ހުށައެޅުމާއި ދެކޮޅު ހަދައި އދގައި މައްސަލައެއް ހުށައަޅާފައިކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެހެން ކަމުން ރާއްޖެ އަދި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާއި ގުޅިގެން ޖެހިފައިވާ މައްސަލައެއް ނުނިމި އޮތް ހިނދު، ދިވެހިރާއްޖެއަށް ގެއްލުންތަކެއް ވެގެންދާ ގޮތަށް ސިޓީއެއް ދީގެން ނުވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ، ގާނޫނާއި ހިލާފަށް ދީފައިވާ ސިޓީއެެއް ކަމަށެވެ. އަދި ރައީސް ސާލިހު އަމަލު ކުރެއްވީ ދިވެހި ރައްޔިތުންގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ ހައްގުތައް ނުދެމެހެއްޓޭކަމަށެވެ. އަދި އެ ސިޓީ އާއި ގުޅުވައި މޮރިޝަސް އަދި ރާއްޖެ ދެމެދު އެއްބަސްވުމެއް ވެވިފައިވާނަމަ، އެ ސިޓީގައި އޮތް ވާހަކަތަކަށް އިހުތިރާމް ނުކުރައްވާނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: