ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމް: އަންނަ އަހަރުގެ މޭމަހު ތެރޭގައި ބައެއް ޓަވަރުތައް ނިންމާ ހަވާލުކުރާނެ!

ފްލެޓްތަކާއި ގުޅޭ މައުލޫމާތުތައްދީ، މަސައްކަތްކުރިއަށްދާ ގޮތް މީޑިއާތަކާއި ހިއްސާކުރުމަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޓުއަރގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން “ގެދޮރުވެރިޔާ ސްކީމް”ގެ ނަމުގައިި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގާއިމްކުރާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ހަވާލުކުރަން ފެށޭވަރުވާނޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުއިން ބުނެފިއެވެ.

ފްލެޓްތަކާއި ގުޅޭ މައުލޫމާތުތައްދީ، މަސައްކަތްކުރިއަށްދާ ގޮތް މީޑިއާތަކާއި ހިއްސާކުރުމަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޓުއަރގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި “ގެދޮރުވެރިޔާ ސްކީމް” ގެ ދަށުން އިމާރާތްކުރާ މި 4000 ހައުސިން ޔުނިޓްގެ ތެރޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް ކުރިއަށްގެންދަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި އެންބީސީސީ ހިމެނެއެވެ.

“ގެދޮރުވެރިޔާ ސްކީމް” ގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) އިންނެވެ. އެއީ 4000 ހައުސިން ޔުނިޓްގެ “ގެދޮރުވެރިޔާ” ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި އެންބީސީސީއާ ހަވާލުކޮށްގެންނެވެ. ކޮންމެ ކުންފުންޏަކުންވެސް ތަރައްގީކުރަނީ 200 ޔުނިޓެވެ. މި ޔުނިޓްތަކުގައި 2 ކޮޓަރީގެ އެޕާޓްމަންޓްސް ހިމެނޭއިރު، މި އެޕަރޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެކެވެ. މި ޔުނިޓުތަކުގައި ތަރައްގީކުރާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 900 އަކަފޫޓް އިންނާނެކަމަށް އެފްޑީސީން މައުލޫމާތުދެއްވައެވެ.

އެފްޑީސީ އިން ބުނި ގޮތުގައި މިހާރު ކުރެވެމުން ދަނީ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތްތަކެވެ. ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވި ގޮތުގައި މި ހައުސިން ޔުނިޓްތައް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެއެވެ.

މީގެ އިތުރުން “ގެދޮރުވެރިޔާ ސްކީމް” ގެ ދަށުން އެޕޯލޯ ހޯލްޑިންގް ޕްރައިވަޓް ލިމިޓެޑުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި 1000 ހައުސިން ޔުނިޓު ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ 220 ޔުނިޓުގެ މަސައްކަތްކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތުދެއްވާފައިވާއިރު، އެއީ 110 ޔުނިޓުގެ ދެ ޓަވަރެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ. ފޯމް ހުށައެޅުމަށް އިތުރު ވަގުތުވެސް ދީފައިވާއިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން ފަރުމާކުރެވުނު “ގެދޮރުވެރިން ޕޯޓަލް” އަށް، ތަކުލީފަކާއި ނުލައި ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35861 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.

މާލޭގެ ރައްވެހިންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ވަނީ ހުޅުވާލެވިފައެވެ. އަދި މިކަމަށްޓަކައި ގްރޭޓަރ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 6,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މުޅި ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްއޮތް ތިން އަހަރަށް 2.5 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: