ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގެ އެންމެ އަސާސީ މައުލޫމާތު މެމްބަރުންނަކަށް ނޭނގޭ: ވަހީދު

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި އެންމެ އަސާސީ މައްސަލައަކީ އެކަމާއި ބެހޭ މައުލޫމާތު މަޖިލީހަށް ލިބިފައިނެތުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަމުން ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާ ނިމިފައިވާ ކަމަށެެވެ.

މިއަދު ކުއްލިއަކަށް ރާއްޖޭގައި އާއްމުން ތެރޭގައި މީގެކުރިން އާއްމުން ތެރޭގައި ނުދެކެވޭ މިންވަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދާ ވާހަކަ ދެކެވެމުން ދާ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދަކީ ރާއްޖޭގައި ދެކުނުގެ މަސްވެރިން މިހާތަނަށް ބަރާބަރަށް މަހަށްދާ ސަރަހައްދެއް ކަމަށާއި އެސަރަހައްދަކީ މަސްވެރިން މަހަށް ގޮސްގޮސް ތިބި ސަރަހައްދެއް ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދަކީ އެތަނުން ފައިދާ ހޯދަމުން އައި ސަރަހައްދެއްކަމަށާޢި އެތަން ބީވެދާނެ ކަމުގެ ވާހަކަ މިއަދު ދެކެވިގެން ދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ނަގަންޖެހެނީ ނޫސްތަކުން ކަމަށް ވަހީދު ވިދާޅުވިއެވެ.

2019 ގައި އދ ގެ އާއްމު މަޖިލީހުގައި ރާއްޖެއިން ޒަމާނުއްސުރެ ދަމަހައްޓަމުން އައި އިސްތިއުމާރާ ދެކޮޅު ސިޔާސަތާއި ދެކޮޅަށް ވޯޓް ދެމުން އޭގެ ކުރިން އދ ގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިދާާޅުވެފައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރަހައްދަށްކުރާ އަސަރެއް ކުރާ ކަމަކަށް ވީ ހިނދު، ހަމައެކަނި ޗާގޮސްގެ މައްސަލައިގައި އިސްތިއުމާރު ކުރުން ނަސްތާލުމުގެ ނިޔަތުގައި ހަމައެކަނި ރާއްޖެއަށް ބަސް ބުނެވެން ނެތް . އެހެންކަމުން ރާއްޖެއިން ޗާގޮސް މައްސަލައިގައި ދަމަހައްޓަމުން އައި ސިޔާސަތުގެ މައްސަލައިގައި އެމައްސަލައަކީ ސަރަހައްދާއި ގުޅޭ ބޮޑު ކަމަކަށް ވީތީ އެދުވަހު ރާއްޖޭން ވޯޓްދިނީ އެ ވިދާޅުވާ މަދުގައުމު ކޮޅަކާ އެއްކޮޅަށް އެ އިސްތިއުމާރު ދެމެހެއްޓުމަށް.

ރާއްޖެ އާ ދެކޮޅަށް މޮރިޝަސް އިން ހުށަހަޅައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ހިނގަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސްޓޭންޑް ބަދަލުކުރުމުން އެކަން މިއަދު މައްސަލައަކަށް ވެގެން އުޅެނީ ކަމަށް ވަހީދު ވިދާޅުވިއެވެ.

ދައުލަތެއްގައި ރޭވުންތަކާއި އެތުރުންތަކާއި ގާނޫނީ ނިޒާމްތަކެއް ހުންނައިރުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހާރިޖީ ސިޔާސަތު ހިންގުމުގެ އިހްތިޔާރު ގާނޫނު އަސާސީ އިން ލިބިދީފައިވީ ނަމަވެސް ގާނޫނުގައިވާ ކަމެއް ރައްޔިތުން އެކަމަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް މަޖިލީހަށް ހުށައަޅަންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސިއްރު ހިފެހެއްޓޭ ކަންކަން މަޖިލީހުގެ 241 ކޮމިޓީގައި ހުރިކަމަށާއި އެކޮމިޓީއަށް ރައީސް ޗާގޮސްގެ މައްސަލައިގައި ފޮނުއްވި ސިޓީ މިހާތަނަށް ލިބިފައިނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެސިޓީ 241 ކޮމިޓީއަށް ނުލިބި ރައީސް އާއި އާއިލީ ބޭފުޅުން މަޖިލީހުގައި ސިޓީގެ ވާހަކަ ދައްކާ ކަމަށާއި އެސިޓީފުޅުގައިވަނީ އުއްމީދީ ކަންތައް ތަކެއް ކަމަށާއި އެސިޓީފުޅާމެދު ފަހުރުވެރިވާ ކަމަށް އެމެމްބަރުން ބުނެފައިވާ ކަމަށް ވަހިދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް ސާލިހު ޗާގޮސްގެ ސަރުކާރަށް ފޮނުވި ސިޓީ މަޖިލީހަށް ނުލިބި މެމްބަރުންގެ ގޭގެއިން ފެންނަ ސަބަބު އޮޅުން ފިލުވަންޖެހޭ ކަމަށެވެ.

“ ރައީސުލްޖުމްހޫރިއްޔާ ކުރިމައްޗަށް މީހަކު ސިޓީއެއް ހިފައިގެން އައިމާ އޭގައި ސޮއިކޮށްލާފައި އެވާހަކަ ދައްކަންފެށީމާ އެތާ ހުންނަ މިއުވާން މުހައްމަދު ކިޔާ ކުއްޖަކު އެވާހަކަ ދައްކާލާފައި ދެން އެއަށްވުރެ ފުޅާވީމާ، އަނެއްކާ ދިވެހިން ނުވެސް ދަންނަ، ދިވެހިން ނުވެސްދެކޭ ފާޑެއްގެ ބޭރު ދޮން މީހަކު އަރުވައިގެން މާދުރުގައި އިނދެގެން ވީޑިއޯ ގެ ޒަރިއްޔާ އިން މައުލޫމާތު ދެނީ. އަޅުގަނޑުމެން މިދައްކަނީ މީގެ މައުލޫމާތު ރައްޔިތުންނަށް ނުދެއްވާ ތި ތިއްބަވަނީ ކީއްވެގެންތޯއޭ؟ މީގެ މަސްލަހަތު އޮތް ބޭފުޅުން. ދިފާއީ ވަޒީރު، ހާރިޖީ ވަޒީރު، ބަންޑާރަ ނައިބު ދިވެހި ރައްޔިތުންނަށް މި މަޖިލީހަށް ކީއްވެެގެންތޯ މި މައުލޫމާތު، ރަނގަޅު ސައްހަ މައުލޫމާތު ނުދެއްވައިގެން މިއުޅެނީ ؟ އެމައްސަލައިގައި އަޅުގަނޑުމެން ވާހަކަ މިދައްކަނީ.

ވަހީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ރާއްޖޭގެ ވާހަކަ ލިޔެވިފައިވަނީ މާކަނޑުގެ މެދުގައިވާ ދިވެހި ރާއްޖެ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ މުޅި ދިރިއުޅުން ބިނާވެފައިވަނީ މަސްވެރިކަން ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި ރާއްޖޭގައި ބާނާ މަހަކީ ހިޖުރަކުރާ އެއްޗެއް ކަމަށާއި މަސް އުފެދި އާލާވުމުގައި ދެކުނުން އުފެދޭ ކަމަށް މިހާތަނަށް ހޯދިހޯދުން ތަކުން އެނގިފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ދެކުނުގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރި އޮޑިތަކަށް ދުއްތުރާއެއް ފޯރި ސަރަހައްދެއް ނޫން ކަމަށެވެ.

ޗާގޮސްގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދަށް ވެގެންދާނީ ކިހިނެތްތޯ ބަލަންޖެހޭ ކަަމަށާއި އެކަމަކީ ދިވެހިރާއްޖެއާއި ބެހޭ މައްސަލައެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ދެކުނުގެ ސަރަހައްދުގައި ބޮޑުދާ އަޅަން ފެށުމުން މަސްވެރި ކަމަށާއި ރާއްޖެސަރަހައްދުގައި އުޅޭ ކަނޑުމަހުގެ ސްޓޮކަށް ކުރާނީ ކޮންކަހަލަ އަސަރެއްތޯ ބަލަންޖެހޭ ކަމަށެވެ.

ޗާގޮސް އެހެން ބައެއްގެ އަތް މައްޗަށް ގޮސް އެތަނުގައި ފަތުރުވެރިކަން ފަށައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނީ ކޮން އަސަރެއްތޯ ބަލަންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: