ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަސް: މިއީ ބިރުވެރި ”ސިއްކަ ދުވަސް“ ކަމަށް ސިފަ ކުރައްވައި ރައީސް ޔާމީންގެ ޅެމެއް!

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިރުވެރި ހަނދާންތަކެއް ގެނުވައިދޭ ”ސިއްކަގެ ދުވަސް“ އަނބުރާ އައިސްފައިވާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހު ކުރެއްވި ޓްވީޓްގައި ރައީސް ޔާމީން ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ސަބަބުން، ވޭތުވެދިޔަ ތިން ގަރުނުގެ ޖީލުތައް އަދިވެސް ތަދުތަކެއް ތަހައްމަލު ކުރަމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ”ސިއްކަ“ ގެ މަންފާއަކަށް އެތައް ގްރެނޭޑެއް ބޭނުން ކުރިކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި، ގައުމު ރައްކައުތެރިކުރުމަށް އެކުލަވާލެވިފައިވާ އަސްކަރީ ބާރުތަކަށް ހަމަލާތަކެއް އަމާޒު ކުރިކަމަށާއި އެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށްވެސް ވެގެންދިޔައީ ހުސް ގެއްލުންކަމަށާއި އެއްވެސް ފައިދާއެއް ވެފައިނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހަކީ ބާގީ އަބްދުﷲ ލުތުފީ ދުޝްމިނު ލަޝްކަރެއް ގޮވައިގެން މާލެ އެރި ދުވަހެވެ. ދުޝްމިނުން އެންމެ ފުރަތަމަ ހަމަލާތައް އަމާޒު ކުރީ ދިވެހި ސިފައިންގެ މައި މަރުކަޒަށެވެ. އެހެން ނަމަވެސް ހދ. ކުޅުދުއްފުށީ، މާވާގޭ ކޯޕްރަލް ޙުސައިން އާދަމް އަދި ސިފައިންގެއިން ދޭންފެށި ރައްދު ޙަމަލާގެ ސަބަބުން ދުޝްމިނުންގެ ހަމަލާތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދިޔައެވެ. މި ހަމަލާތަކުގެ ތެރޭގައި ދިވެހިންގެ 19 މީހަކު ޝަހީދުވެގެންދިޔައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: