ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްކަގެ އަތުން ނެގި އިއުތިރާފު ބަޔާނަކީ އޮޅުވާލުމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތް ނިންމުމުގެ ރަސްމީއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ގުޅުވައި ވާހަކަ ދެއްކުމަކީ ސިއްކަގެ އަބުރަށް އަރިގަތުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ނޮވެމްބަރު 3 ގެ ހަމަލާގައި ސިއްކަ ގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ކަމަށެވެ. އަދި އޭނާ އަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި ބަޔާނަކީ ބޮޑު އޮޅުވާލުވެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސިއްކަގެ ދިފާއުގައި ޓްވީޓް ކުރައްވާފައިވަނީ ކުރީގެ ރައީސް ޔާމީން، 3 ނޮވެމްބަރަކީ ބިރުވެރި ސިއްކަ ދުވަސް ކަމާއި އެދުވަން އަނެއްކާވެސް އެނބުރި އައިސްފި ކަމަށް ވިދާޅުވެ ކުރެއްވިި ޓްވީޓަކާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ނޮވެމްބަރު 3 ވީ އެ ބިރުވެރި ދުވަހު، ދިވެހިންގެ ތެރެއިން ސިއްކަ އާއިލާ އަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭހެން ތަމަޅައިންނާއި ގުޅިގެން ރާއްޖެއަށް ހަމަލާދިންގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ތަމަޑައިން ގްރެނޭޑް އުކި ކަމަށެވެ.

ނޮވެމްބަރު 3 ގެ ހަމަލާ އާއި ގުޅިގެން ސިއްކައަށް ކުރި ދައުވާ އަކީ ހަމަލާގެ މައުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާއެވެ. އެދުވަހުގެ ހަމަލާ އާއި ގުޅިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކު ތަހުގީގަށް ދިންބަޔާނުގައި އެހަމަލާ ދޭން އުޅޭކަން އޭނާ އަށް މާކުރިން އެނގޭ ކަމަށް ވަނީ އިއުތިރާފްވެފައެވެ. އަދި އެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ހ ހާޖާރާގެ އަބްދުﷲ ލުތުފީވެސް ވަނީ ހަމަލާ އާއި ގުޅުންހުރި ހުރިހާ ކަމެއް ސިއްކަ އަށް އެނގޭނެ ކަމަށް ކޯޓުގަ އާއި ތަހުގީގުގައި ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: