ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު ބޯހިމެނުމަށް އެއްކުރަންފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިމެނުމަށްޓަކައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަށައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން މި ނޮވެމްވަރު މަހުގެ 1ވަނަ ދުވަހު ޝޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭ ހެދުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އަދި އެ މަސައްކަތް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ބިއުރޯ އިން ވަނީ ބުނެފައެެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެ ބިއުރޯގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް ފުރިހަމަކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ވަނީ އެދިފައެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންވެސް ސްޓެޓިސްޓިކްސް ބިއުރޯގައިވާ ފޯމް މެދުވެރިކޮށް އެމީހަކާއި ބެހޭ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ހިއްސާ ކޮށްދިނުމަށް އެ ބިއުރޯގެ ފަރާތުން އެދިފައިވެއެވެ.

ބޯހިމެނުމުގެ ސާވޭގެ އެހީގައި ލިބޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ޖުމްލަ އާބާދީ އެކުލަވާލުމުގައި ބޭނުންކުރާނެ ކަމަށާއި މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ވަނީ ބުނެފައެވެ.

މިއަހަރުގެ ބޯހިމެނުމުގެ ނަތީޖާ ގައި ވާ ގުތން ރާއްޖޭގައި ދިރިއުޅެނީ 452،495 މީހުން ނެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީ އަކީ 335،331 އެވެ. އަދި ބިދޭސީންގެ އާބާދީ އަކީ 97،164 އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި މިވަގުތު ކުރިއަށްދަނީ ކުރިން ބޯހިމެނި މުއްދަތުގައި އެކިސަބަބު ތަކާއި ހުރެ ނުވަދެވުނު ގޭގެއަށް ޒިޔާރަތް ކޮށް އެގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް މިވަގުތު ކުރިއަށްދަނީ ބޯހިމެނުނު މުއްދަތުގައި މައުލޫމާތު ހޯދިފައިނުވާ ގޭގެއިން މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވެއެވެ.

ބޯހިމެނުމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ބުނެފައެވެ. އެގޮތުން ބޯހިމެނުމާއި ގުޅޭ ފައިނަލް އަދަދު ހާމަކުރެވޭނީ އެ އޮޕަރޭޝަން ނިމުމުން ކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: