ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ދަތުރު ކުރުމުގައި: މިފަހަރު ސާބިއާއަށް!

ފޮރިން މިނިސްޓަރު ޝާހިދު ސާބިއާގައި: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންގިރޭސިވިލާތަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް ފުރާވަޑައިގެންފިއެވެ.

އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އިންގިރޭސިވިލާތަށް ފުރާ ވަޑައިގަތުމަށް ފަހު، ޝާހިދު ސާބިއާއަށް ވަޑައިގަތީ ރާއްޖެއަށް ވަޑައިނުގަންނަވައެވެ. ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ދިއުމަށް ފަހު، އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވާގޮތުން، ސާބިއާއަށް ކުރައްވާ ދަތުރަކީ އެގައުމުގެ ފުރަތަމަ ޑެޕިއުޓީ އައިވިކާ ޑާސިކްގެ ދައުވަތަކަށެވެ.

ޝާހިދު ވިދާޅުވީ އެނާ އުންމީދުކުރައްވަނީ މުހިންމު މަޝްވަރާތަކެއް ކުރައްވާ، އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައިކަމަށެވެ.

އައިވިކާ ޑާސިކްގެ އިތުރުން ޝާހިދުވަނީ އެ ގައުމުގެ ނެޝަނަލް އެސެމްބްލީގެ ރައީސް ވްލެޑިމިރް އޯރލިކް އާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދިމަކްރާތީ ނިޒާމާއި ގުޅޭ ވާހަކަތަކާއި ދެގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމާއިމެދު ވާހަކަތައް ދެކެވިފައިވާކަމަށް އިޝާރާތްކުރައްވާ ޝާހިދުވަނީ ދެގައުމުގެ މަޖިލީހުގެ ރަހުމަތްތެރި ގުރޫޕެއް ގާއިމު ކުރުމަށް ނިމިފައިވާކަމާއި މެދު އުފާ ފައުޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: