ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެހެން ގައުމެއްގެ ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ވިޔަސް ނޫނީ އެހެން މަޖިލިސް މެމްބަރެއްވިޔަސް އެހެން ގައުމެއްގެ ވަޒީފާ އަދާ ކުރުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅިވިއެވެ.
Rayyithun ge Majlis ge evves member akah e ee e Majlis Raees kamah viyas, evves dhaulath egge evves wazeefa eh member kan fiyavaa adhaa kurumakah QA thaneh not dhey
— Ibrahim Shareef (@AdduShareef) November 5, 2022
ޝަރީފް އެހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ކޮޕް 27 ސަމިޓްގައި ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރައްވާތީ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުހައްވަރު އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޝަރީފް ގެ އިތުރުން ރައީސް ނަޝީދު، ރާއްޖެ ތަމްސީލު ކުރުމުގެ ބަދަލުގައި ސްރީލަންކާ ތަމްސީލު ކުރައްވާތީ މުނައްވަރު ވިދާޅުވީ މަޖިލީހުގެ އިއްޒަތްތެރި ރައީސް ވީ ދިވެވި ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެގައުމު ތަމްސީލު ކުރަން ގޮސް ކަމަށާއި ދިވެހި ގައުމާއި ދިވެހި ދައުލަތަށް ވަފާތެރި ކަމަކީ ކޮބައިތޯ ވިދާޅުވެފައެވެ.
سبحان الله ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްޘީލުކުރަންގޮހޯ.ކޮބައިތޯ ދިވެހި ގައުމު؟ ކޮބައިތޯ ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ؟
— Mohamed Munavvar (@MMunavvar) November 5, 2022
މުނައްވަރުގެ އެޓްވީޓާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައީސް ނަޝީދުގެ އެ ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.


3 Responses
ކޮބައިތަ ދައުލަތުން ޚަރަދު ނުކޮށްފަ؟ އެހެން ގައުމަކަށް ޚިދުމަތް ކުރަން ނކުމެ ހުންނަ ދުވަސްތަކުގެ މުސާރަ ދިވެހި ދައުލަތުން ނަޝީދު އެބަނަގާ. ދައުލަތުގެ ފައިސާއިން މުސާރަ ބަރާބަރަށް ނަގައިގެން އެހެން ގައުމެއް ތަމްސީލުކުރަން ގޮސްއެއުޅެނީ.
ދައުލަތުގެ ވަޒީރުންވެސް ބޭނުން ގައުމަކަށް ގޮސް ބޭނުންވަޒީފާ އަދާކުރަނީ ނޫންތޯ؟ އިންސާފު ގާއިމުވީމަ މި ޒާތު ކަން ކަން ފެންނަނީބާ؟
ރާއްޖޭގެ ޚާރިޖީ ވަޒީރަށް ވިއްޔާ އަދާކުރެވޭނެތޯ؟؟