ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ހެދުމުގެ ފުރަތަމަ ސެގުމެންޓް ނިމިއްޖެ: އާރުޑީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ސެގްމަންޓްގެ ގިނަ މަސައްކަތްތަކެއް ނިންމައި، 2 ވަނަ ސެގްމަންޓްގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ޓުވީޓެއްކޮށް ބުނެފައިވަނީ އަމީނީމަގު ސެގްމެންޓް 1 ގައި ފެނާ ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓަރ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކަމަށް އާރުޑީސީން ބުނެފައިވެއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުންވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއިގުޅިގެން ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮމަންޓް ކޯޕަރޭޝަން (އާރުޑީސީ) ދެމެދު މައްސަލަ ޖެހުނެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެމަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މިކަން ސިޓީ ކައުންސިލުން ސިފަކުރީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި އާރުޑީސީ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މަޝްރޫއު ކުރިއަށަ ގެންދިއުމަށް ދަތިވާކަމަށް ބުނެ ވަނީ އަމީނީ މަގުގައި ހުރިބައެއް ގަސްތައް ކަޑާފައެވެ.

މިކަމާއިމެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު، މި

މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަސް ކެނޑުން ހުއްޓުވުމަށް ކޯޓަށްވެސް ވަޑައިގަންނަވާފައެވެ. ނަމަވެސް ކޯޓު ނިންމީ ރައީސް ނަޝީދުއެދިފައިވާ ގޮތަށް ގަސް ކެޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ގަސް ކެޑުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވީއިރު ސިޓީ ކައުންސިލުން ބުނީ، އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ގަސްތައްކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: