ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓަކު ކަނޑައެޅުން: މިހާރު ކުރިއަށްދަނީ އިދާރީ މަސައްކަތް!

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިދާރީ މަސައްކަތްކަމަށް ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުލްސައްތާރު ވިދާޅުވެއްޖެއެވެ.

ޓުވީޓެއްކުރައްވާ އަނަސް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއް ބާއްވާނެ ދުވަހެއް، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އިއުލާން ކުރެވޭނެކަމަށެވެ،

 

އެމްޑިޕީގެ ރިޔާސީ ކެޑިޑޭޓު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމުގެ ތައްޔާރީތައް ވަމުންދާއިރު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ ކޮށްކޯފުޅު އއަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން އިއުލާންކުރައްވާފައެވެ.

އޭގެ އިތުރުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެެސް ވަނީ އެމަނިކުފާނަކީ އެމްޑީޕީއަށް އޮތް ޗޮއިސްއެއްކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަމަށް ދޭހަވާފަދަ މޭރުވަމަކުން ވާހަކަދައްކަވާފައެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހަކީ އެމްޑިޕީއަށް ރަނގަޅު ގޮތެއްނޫންކަމަށާއި، ފޮރީން މިނިސްޓާ އަބްދުﷲ ޝާހިދަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއްކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނިކޮށް، އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ސާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެކަން އެބޭފުޅާއަށް ޔަގީންކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ކޮންކޮން ބޭފުޅުއްނެއްކަމެއް އަދި ނޭގެއެވެ.

އޮގަސްޓު މަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ކެޑީޑޭޓަކު ކަނޑައެޅިގެންދާނެކަމަށް ބެލެވުނު ނަމަވެސް، އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: