ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭއަށް އެކްސްޕޯޓު ކުރާ މަހަށް 20 އިންސައްތަ ޑިއުޓީ ނެގުމަކީ އަދަބެއް ދިނުން: ޝާހިދު

މިނިސްޓަރު ޝާހިދު އަދި އިންގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޖޭމްސް ކްލެވަރލީ: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ގޮތުގައި 20 އިންސައްތަ ނެގުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަދަބެއް ދިނުމާއި އެއް ފަދަ ކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވަނީ، ޑިއުޓީގެ ކުޑަ ކުރުމަށް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އެއްބަސްވުމެއް ގާއިމު ކުރުން މުހިންމުކަމަށް ސިފަކުރައްވާފައެވެ. އަދި 10 މިލިއަން ޑޮލަރުގެ އަގު އަރާނެ ވަރަށް ރާއްޖެއިން ވަނީ މި އަހަރު އިނގިރޭސިވިލާތަށް މަސްބޭރުކޮށްފައި ކަމަށްވުމުން މިހާރު ނަގަމުންދާ 20 އިންސައްތައަކީ އެ ގައުމުން ރާއްޖެއަށް ދީފައިވާ އަދަބެެއްކަމަށް ޝާހިދުވަނީ ސިފަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، ދެމެހެއްޓެނިވި އުސޫލުތަކުގެ ވާހަކައަކީ މިހާރު ބައިނަލްއަގުވާމީ މައިދާނުގައި ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ އެފަދަ އުސޫލެއްގެ މަތިން މަސްވެރިކަން ކުރަމުން އަންނަ ގައުމެއް ކަމަށް ވެދާނެކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވި، ރާއްޖެއިން ބާނަނީ ފަހަރަކު މަހެއްކަމަށެވެ. އަދި ރާއްޖެއިންވަނީ ދާ އަޅައިގެން މަސްވެރިކަން ކުރުން ހުއްޓާލާއިފައިކަމަށް އިޝާރާތްކުރައްވާ ޝާހިދު ވިދާޅުވީ، އެކަން ކުރެވުނީ ކަނޑުތައް ހިމާޔަތްކުރުމުގެ މަގުސަދުގައިކަމަށެވެ.

ޓޫރިޒަމް އަދި މަސްވެރިކަމަށް ބަރޯސާވެ އޮތް ގައުމަކުން އެކްސްޕޯޓު ކުރާ މަހަށް 20 އިންސައްތަ ޑިއުޓީ ނެގުމަކީ ދީފައިވާ އަދަބެއް ކަމަށް ތަކުރާރު ކުރައްވާ ޝާހިދު ވިދާޅުވީ، އެ އަދަދުން ޑިއުޓީ ނެގުމަކީ ދެއްކޭ ވާހަކަތަކުގެ މައްޗަށް އަމިއްލައަށް އަމަލު ނުކުރުންކަމަށެވެ. ޝާހިދު ވިދާޅުވީ، އާރާސްތު ވަމުންދާ ގައުމަކަށް އެފަދަ އަދަދެއް ދެއްކުމަށް ޖެއްސުމަކީ ނާއިންސާފެއް ކަމަށެވެ.

ޝާހިދުވަނީ އެނާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ އާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ޝާހިދުވަނީ އެ ގައުމާއި ދެމެދު އެއްބަސްވުމަކަށް އާދެވިދާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: