ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ބަހުސް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް  ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ބަހުސް މަޖިލީހުގައި މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓް ބަހުސް ކުރިއަށްދާނީ މާދަމާ އިން ފެށިގެން ތިން ދުވަހަށް ކަމަށެވެ. އެގޮތުން ބަޖެޓް ބަހުސް ކުރިއަށް ދާނީ ބަހުސް ބޭއްވުމަށް ތާވަލް ކުރެވިފައިވާ ދުވަސްތަކުގައި ހެނދުނު 9 އިން ރޭގަނޑު 10 ޖަހަންދެން ބަހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް 15 މިނިޓް ލިބޭނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް އިން އާމްދަނީގެ ގޮތުގައި ދައުލަތަށް 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ބެލެންސް އަކީ 9،748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6،883 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: