ދިވެހި ރައްޔިތުންގެ ތެރޭގައި މާލެއިން ގެދޮރު ގަތުމުގެ ތަނަވަސްކަން ލިބިފައިވަނީ އެންމެ މުއްސަނދިކޮށް ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށާއި އެއީ އާބާދީގެ 20 އިންސައްތަކަމަށް ވޯލްޑް ބޭންކްއިން ބުނެފިއެވެ.
ވޯލްޑް ބޭންކް އިން ރާއްޖެއާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، ކުޑަ ގައުމަކަށް ވުމުން ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ދަތިތަކެއް ހުރިކަމަށެވެ. އެގޮތުން ބިން ހޯދުމުގެ ދަތިތަކުގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ދަތިތައް އަދި ފައިސާ ލިބުނު ނަމަވެސް އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަކީ ބޮޑު އަގުގައި އިމްޕޯޓު ކުރާ ތަކެއްޗަށް ވުމުންވެސް ދިވެހިންނަށް ގެދޮރުވެރިވުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވޯލްޑްބޭންކް އިން ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ބޭންއިން ބުނެފައިވާގޮތުން، އެހެނިހެން ރަށްތަކުގެ ރައްވެހިން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ މައިގަނޑު ސަބަބުތަކަކީ ތައުލީމު ހާސިލު ކުރުމާއި ވަޒީފާ ހޯދުމުގެ ބޭނުމުގައެވެ. އަދި އެކަމުގެ ސަބަބުން ާވެރި ރަށް މާލެ ތޮއްޖެހެމުންދާކަމަށާއި އަތް ފޯރާ ފަށުގައި ހުރި ދިރިއުޅޭނެ ތަންތަން ހޯދުމަށް ބޭނުންވެ އެކަމުގެ ޑިމާންޑުވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަލިއަޅުވައި ވޯލްޑް ބޭންކްއިން ބުނެފައިވާގޮތުން، ގިނަ ދިވެހިންނަށް މާލެ އިން ގެދޮރު އަމިއްލަ ކުރުމަކީ ކުރެވެން ނެތްކަމެކެވެ. އެހެންކަމުން ގިނަ ފަރާތްތަކުން ދިރިއުޅެމުންދަނީ ކުއްޔަކަމަށާއި އަމިއްލަ ގެދޮރު ގަތުމަށްފަހު އެތަނުގައި ދިރިއުޅުމުގެ ތަނަވަސްކަން ލިބިގެންވަނީ އެންމެ މުއްސަނދި ދިވެހިންކަމަށާއި އެއީ އާބާދީގެ ވިހި އިންސައްތަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ބޭންކްއިން ބުނެފައިވާގޮތުން އެ 20 އިންސައްތައަކީ ހައުސިންގް ލޯނު ހޯދުމުގެ ފުރުސަތުތައް ފަހިވެފައިވާ ރައްޔިތުންކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުންދާ ގިނަ އާއިލާތަކަކީ ކުއްތަށް ދިރިއުޅެމުންދާ އާއިލާކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުން ދައްކާގޮތުން، 2016 ވަނަ އަހަރު އަދި 2019 ވަނަ އަހަރު ހަދާފައިވާ ”ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ“(އާއިލާތަކުގެ އާމްދަނީ އަދި ކުރާ ހަރަދުގެ ދިރާސާ) އިން ދައްކާގޮތުން 2019 ވަނަ އަހަރުގައި މާލެގައި ދިރުއުޅުނު އާއިލާތަކުގެ 74 އިންސައްތަ އަކީ ކުއްޔަށް ދިރިއުޅޭ އާއިލާތަކެވެ. އަދި މިއީ 2016 ވަނަ އަހަރު 64 އިންސައްތަައިގައި ހުރި އަދަދެއްކަމަށްވުމުން މިއީ ބޮޑު އިތުރުވުމެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ވޯލްޑް ބޭންކްއިން ބުނެފައިވަނީ ކުލީގެ އަގުތައް ހުރީ ގިނަ ފަރާތްތަކަށް އަތްފޯރާ ފަށުގައި ނޫންކަމަށެވެ. އަދި ލިބެން ހުރި ތަންތަން މަދުވުމުގެ ސަބަބުން އެއް ގެއެއްގައި ދެ އާއިލާއެއްވެސް ދިރިއުޅޭކަމަށް ބުނެފައިވެއެވެ.


One Response
ކުރީ ގެ ވެރިންބެް ނުން ބަޔަކަްއްދިފަި ވެސްއެބަހުރިގެދޮރުހަދަންގޮތ.ި