ރާއްޖެ އަދި ޗާގޮސް ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރިޝަސްއިން ބޭނުންކޮށްފައިވާ ކަމުގެ ހެއްކާއި މެދު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު އުފައްދަވައިފިއެވެ.
ރައީސް އޮފީހުގައި ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިއަށް ގެންދެވި ނޫސްވެރިން ބައްދަލުވުމެއްގައި، ޗާގޮސް އަދި ރާއްޖެ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ރާއްޖޭގެ މަސްވެރިން ބޭނުންކޮށްފައިވާކަމުގެ ހެއްކެއް ނެތްކަމަށް ރިފްއަތު ވިދާޅުވުމާއި ގުޅިގެން ވަހީދު ވަނީ އެކަމަށް ރައްދު ދެއްވައި މޮރިޝަސް އިން އެ ސަރަހައްދު ބޭނުންކޮށްފައިވާކަމުގެ ހެއްކެއް އޮތް ކަމާއިމެދު ސުވާލު އުފައްދަވާފައެވެ.
ރިފްއަތު އެ ސަރަހައްދު ދިވެހިންނަށް ލިބެން ނެތްކަމަށް ސިފަކުރެއްވުމާއި ގުޅިގެން ނުރުހުން ފާޅު ކުރައްވާ ވަހީދުވަނީ އެ ސަރަހައްދު ދިވެހިން ބޭނުން ކުރި ކަމުގެ ހެކި ނެތް ކަމަށް ނިންމައި ދޫކޮށްލާފައިވަނީ ކޮން އިރަކު އަދި ކިހިނަކުންތޯ ސުވާލު އުފައްދަވާފައެވެ.
ފުށުއަރާ ކަނޑު ދިވެހީން ބޭނުންކުރި ކަމުގެ ހެކި ނެތްކަމަށް ނިންމައި ދޫކޮށްލެއްވީ ކިހިނެއް ކޮންއިރަކު؟ ދިވެހީން ކައިރީ އަހާވެސް ނުލައި؟ އަދި އެކަނޑު މޮރިޝަސް މީހުން ބޭނުންކުރި ކަމަށް އޮތީ ކޮން ހެއްކެއްތޯވެސް ބަލާނުލައި؟
— Waddey (@waddey_) November 8, 2022
ޕްރެސް ކޮންފަރެންސުން ވަރަށް ގިނަ ބައިވަރުތަކެއް ދޮގުގެ ގޮތުގައި އެބަ ހާމަވަމުންދޭ ނުންތޯ؟ ތިޔަ ސިޓީއެއް ގައިމުވެސް އަޅުގަނޑެއް ނުދެކެން. އެކަމު ކަށަވަރު ކަމަކީ ސަރަހައްދަށް ބަދަލު އަތުވެދާނެވަރު ކަމެއް އެ ނިމެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާނުލާކަން.
— Waddey (@waddey_) November 8, 2022
މީގެ އިތުރުން ވަހީދު ވިދާޅުވީ ޕްރެސް ކޮންފަރެންއިން އިވިގެންދަނީ ގިނަ އަދަދެއްގެ ކަންކަމަކީ ދޮގުކަން ކަމަށެވެ. އަދި ވަހީދަށް ބަނޑާރަ ނައިބު މަޖިލީހަށް ފޮނުވާފައިވާކަމަށް ވިދާޅުވި ސިޓީ ފެނިފައިނުވާކަމަށް ވީ ނަމަވެސް މަޖިލީހުގެ ރުހުމާއި ނުލައި ރާއްޖޭގެ ސަރަހައްދަށް ބަދަލުތަކެއް ގެންނަމުންދާކަން ކަށަވަރުކަމަށް އެނާ ވިދާޅުވިއެވެ.

