ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވަހި ދޫކޮއްލި ޖަރީމާގެ މޭސްތިރިއަކީ ޝާހިދު: ޑރ ޖަމީލުް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދ/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

”ހޮހަޅައިގައި“ އޮންނަވައިގެން ފޯޅަވަހީގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ”ބުހުތާނު“ ދޮގު ހައްދަވަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޗާގޮސްއަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރައްވާ އެ ފުރުސަތު ދޫކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ޝާހިދު ވިދާޅުވުމާއި އެކު އެކަމަށް ރައްދަު ދެއްވައި ޖަމީލު ވިދާޅުވީ، ޝާހިދު ފޯޅަވަހީގެ މައްސަލައިގައި ހައްދަވަމުން ދަނީ ”ބުހުތާނު“ ދޮގު ކަމަށާއި އެނާ އޮންނެވީ ”ހޮހަޅައިގައި“ ކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ ޝާހިދަކީ މޮރިޝަސް އަށް ޗާގޮސް ދިނުމަށް ޑީލު ނިންމެވި ބޭފުޅާ ކަމަށެވެ. އަދި އެނާއަކީ ”ޖަރީމާގެ މޭސްތިރިޔާ“ ކަމަށާއި ރައީސް ސާލިހުގެ ވެރިކަން ނިމިގެން ދިއުމާއި އެކު މި ނިންމުން ބާތިލު ކުރާނެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި މީގެކުރިން ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު ބަދަލު ކުރުމާއި ގުޅިގެން ގިނަބައެއްގެ ފާޑިކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އދ ގައި އެންމެ ފުރަތަމަ ވޯޓު ނެގީ 2017 ވަނަ އަހަރު ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ވޯޓަކީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރުލިބިގެންވޭތޯ ސާފްކުރުމަށް އައިސީޖޭގެ ލަފައެއް ހޯދުމަށް ނެގުނު ވޯޓެކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު އދ ގައި ނެގި އެ ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ލިބިގެންވޭތޯ ބެލުމަށް ގާނޫނީ ލަފާ ހޯދަން އައިސީޖޭއަށް ފޮނުވަން ނުފެންނަ ކަމަށެވެ. އަދި އޭރު ރައީސް ޔާމީންގެ ސަރުކާރުން ގަރާރާއި ދެކޮޅަށް ވޯޓު ދިނުަމަށް ފަހު ތިއްބެވީ ހަނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އައިސީޖޭގެ ގާނޫނީ ލަފާ ހޯދަން ނުފެންނަ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ވޯޓު ދިން ނަމަވެސް އެ މައްސަލަ ފާސްވެގެން ދިޔައީ މޮރިޝަސްއިން ބޭނުންވި ގޮތަށް ކަމަށެވެ. އަދި އޭގެ ފަހުން އައިސީޖޭގައި ކުރިޔަށް ދިޔަ މައްސަލައިގެ ތެރެއަށް ތަދުއްޙުލްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި ނަމަވެސް ރައީސް ޔާމީން އެ ފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ޗާގޮސްއަކީ ހަމަހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ރައީސް ޔާމީން ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާނަމަ އެ ދުވަހު އެކަމަށް މަސައްކަތް ކުރެއްވީސް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުތައްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: