ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން ފެންނަ އެންމެ މުހިއްމު ކަމަކީ ފިސްކަލް ސަސްޓޭނެބިލިޓީ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަސް ބަޖެޓު ހުށަހަޅުއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ބަޖެޓުން ފެންނަ އެންމެ މުހިއްމު ކަމަކީ ފިސްކަލް ސަސްޓޭނިބިލިޓީއާ ދިމާލަށް ދަތުރުކުރުން  ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިހާރު ހުށައަޅާފައިވާ ސިޔާސަތު ތަކަކީ ދަރަނީގެ ނިސްބަތް ބޮޑުނުވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ސިޔާސަތު ތަކެއް ކަމަށެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓް ހުށައެޅިގެންދަނީ ދުނިޔެއާއި ރާއްޖޭގެ އިގްތިސާދީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައި ކަމަށެވެ.

2020 ވަނަ އަހަރު ދުނިޔެއާ ކުރިމަތިވި ކޮވިޑް19 ގެ ބަލިމަޑުކަމާ ރާއްޖެއިން ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި މިއަހަރުވެސް ކުރިން އަންދާޒާ ނުކޮށްތިއްބައި ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ހީނަރުކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ކޮވިޑާ އެކު ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާތީ ރާއްޖޭގެ އިގްތިސާދު ކޮވިޑްގައި ބޮޑުތަނުން ދަށަށް ދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީ 35 އިންސައްތަ ދަށަށް ދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ގާތްގަނޑަކަށް 50 އިންސައްތަ އަށް ވުރެ ދަށްވެގެން ދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން 2021 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 41.6  އިންސައްތަ އިތުރުވެގެން ދިޔަ ކަމަށާއި މިއަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ބަޖެޓްގެ އެންމެ ބޮޑު އެއް އަމާޒަކީ ދުނިޔޭގެ އިގްތިސާދީ ހީނަރުކަން ބަލައިގަނެ ރާއްޖޭގެ ފިޒްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުން ހިންގާ ފިސްކަލް ޕޮލިސީތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާނެ ކަމަށާއި، އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތައް ވެސް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ބަޖެޓް ހުށައެޅުމުގައި މަސައްކަތްކުރެވެމުން ދަނީ ދަރަނި ކުޑަކުރުމުގެ ވިސްނުމަކާއެކު ކަމަށް އަމީރު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކު އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: