ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ އިން ޗައިލްޑް ކެއަރ ސެންޓަރ އެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު އެމީހުންގެ ދަރިން ބައިތިއްބާނެ  ޗައިލްޑް ކެއަރ ސެންޓަރެއް އެކުންފުނީގައި ގާއިމްކޮށްފިއެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުައްވައިދެއްވީ ސްޓެލްކޯގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ އެވެ.

ޗައިލްޑް ކެއަރ ސެންޓަރުގެ ބޭނުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށް އެމީހުންގެ ދަރިންނާއެކު ވަގުތު ހޭދަކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް އަދި ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. އެގޮތުން ކުދިންގެ އުމުރުފުރާ އާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި ކުޅިވަރުގެ ތެރެއިން އުގެނުމަށް އިސްކަން ދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ދޭނީ އުމުރުން 5 އަހަރާއި 10 އަހަުގެ ކުދިންނަށެވެ. އަދި ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8.15 އިން ހަވީރު 4 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: