މާލޭގެ ގަރާޖެއްގައި ވަރަށް ބޮޑަށް ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ އަންހެނެއް ނިޔާވެއްޖެ އެވެ.
ރޭގަނޑުގެ 12:30 ހާއިރު ލިބުނު ރިޕޯޓަކާއި ގުޅިގެން، ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވާން ފެށިއިރު ވެސް އެ ގަރާޖުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.
2:00 ޖެހުމާއި ގާތްވެފައި ވަނިކޮށް، ފަޔާ ރެސްކިއުއިން ދެ މީހަކު އެ އިމާރާތުން ނެރެފައިވެއެވެ. އެންމެ ފުރަތަމަ ގެންދިޔައީ، ފިރިހެނެކެވެ. އޭނާގެ ހާލަތު އަދި ސާފެއް ނޫނެވެ.
އޭގެ ފަހުން ގެންދިޔަ ބިދޭސީ އަންހެން މީހާ، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފަ އެވެ.
މިރޭ ރޯވެފައި ވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެ ގަރާޖްގައި ވަރަށް ބޮޑަށް ރޯވެ ވަނީ އަނދާފައެވެ.

