ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ ހިނގި އަލިފާނުގެ ހާދިސާ އޮއްބާލާނުލުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެއްގެ ތެރއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އޮއްބާލާނުލުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

މާފަންނުގައި ހުރި ވެހިކަލް މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިދިކޮޅުން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ބަޔަކު ނިޔާވި ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކުގައިކަމަށެވެ.

މިހާދިސާގައި ނިޔާވި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ދަންނަވާ، ބަޔާނުގައި ވަނީ ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކޯލިޝަންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅުމަށާއި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށްވެސް ޕާޓީއިން ވަނީ ސަރުކާރަށް ގޮވާފައެވެ. އަދި މި ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، މިހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 83%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: