މެދު ޒިޔާރަތުގައި ދިދަ ނެގުުން ހުއްޓާލިތާ އެތައް އަހަރެއް ފަހުން އެތަނުގައި ހުދު ކުލައިގެ ދިދަތައް ނެގުމުން އަމާޒުވަމުން ދާ ފާޑުކިއުންތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައްދު ދެއްވައިފި އެވެ.
ފާޑުކިއުންތަކަށް ރައްދު ދެއްވައި ޔުމްނާ ވިދާޅުވީ، މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަ ފިލުވައި ގައުމީ މުނާސަބަތުތަކުގައި އެތަނެއްގައި ދިދަ ނެގުމާއި ދީނާއި ގުޅުމެއް ނެތް ކަމަށެވެ. މިއީ ދިވެހިންގެ ސަގާފަތް ދިރުވައި، ޖޯޝުން ފުރިގެންވާ ފަދަކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ޔުމްނާ ވިދާޅުވީ އެފަދަ އާސާރުތައް ބެލުމަށް ދިވެހިންނާއި ފަތުރުވެރިންގެ ވެސް ޝައުގުވެރިވާނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ދީނީކަމެއް ނޫންކަމަށާއި ދިދަ ޖަހާފައި ވަނީ ސަގާފީ ވިސްނުމެއްގައި ކަމަށެވެ.
ދިދަތައް ނެގުމުން ގިނަ އިލްމުވެރިން ގެންދަވަނީ، މިއީ ޝިރުކުގެ އަމަލެއްކަމަށް ފާހަގަކުރަމުންނެވެ.
މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް.
އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް. pic.twitter.com/A2Nd4vD2zv— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) November 11, 2022
އެގޮތުން ބައެއް އިލްމުވެރިން ވިދާޅުވެފައި ވަނީ، މެދު ޒިޔާރަތުގައި ދިދަ ނެގުން، އެއީ ސަގާފަތް ނޫން ކަމަށެވެ. އެކަން ބެލެވޭނީ، މީސްތަކުންގެ ތެރޭގައި ފެތުރިފައިވާ ބޮޑުވެގެންވާ މުންކަރާތެއް ކަމަށާއި، އެކަން އަހަރުތަކެއް ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް ހުއްޓުވާފައި ވަނިކޮށް އަލުން އެ ވިސްނުން ދިރުވަން އުޅުމަކީ ގޯހެއް ކަމަށް އިލްމުވެރިން ބުންޏެވެ.


One Response
ބައްޕާފުޅު ކައިރީ އައްސަވާފައި ކަމަށް މި ބަލަނީ