ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް އާއި އަކްރަމް އެމްޑީޕީއަށް، ފޯމާއި ހަވާލުވީ ރައީސް!

ޝަރީފް އެމްޑީޕީއަށް ސޮއި ކުރެއްވުން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި އޭނާއާއި އެކު ކޮމިޝަނުގެ ނައިބު ރައީސްކަން ކުރެއްވި މިހާރުގެ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު އަކްރަމް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ޝަރީފާއި އަކްރަމް އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މުލިއާގޭގައި އެކަމަށް ހާއްސަކޮށް ބޭއްވި ކުޑަ ބަދަލުވުމެއްގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގައި ހިމެނޭ އެމަނިކުފާނާއި އަރިސް މެމްބަރުންގެ ހާޒިރުގައި އެމްޑީޕީއަށް ދެބޭފުޅުން ވެސް ސޮއި ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްޑީޕީއަށް ޝަރީފް ސޮއި ކުރައްވާފައިވާކަން، އެ ޕާޓީގެ ރަސްމީ ޓުވީޓާ އެކައުންޓުން ކަށަވަރުކޮށްދެއްވަ އެވެ. އަދި ޕާޓީއަށް ޝަރީފް ސޮއި ކުރެއްވުމުން ފޯމާއި ހަވާލުވެވަޑައިގެންފައި ވަނީ ރައީސް ސޯލިހާއި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

ރައީސް ސޯލިހާއި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ، ޝަރީފް ވަނީ އިތުރު ދައުރަކަށް އެމަނިކުފާނު ގެނައުމަށް ކުރާ މަސައްކަތުގައި އެމްޑީޕީއަށް ސޮއި ކުރަން ޖެހިއްޖެ ނަމަ ސޮއި ކުރައްވާނެކަން މީގެ ކުރިން ”ސަންގު“ ގެ ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ޝަރީފް މަސައްކަތް ކުރެއްވިއިރު އޭނާއަކީ ރައީސް ޔާމީނާއި އަރިސް މެމްބަަރެކެވެ. އަދި ސިޔާސީ މައިދާނަށް ޝަރީފް ނިކުމެވަޑައިގަތީ ރައީސް ޔާމީންގެ ޕީޕަލްސް އެލައިއެންސް ދުވަސްވަރުގަ އެވެ. އޭރު ޝަރީފް އަދާކުރެއްވީ އެ ޕާޓީގެ ސެކޭޓްރީ ޖެެނެރަލްގެ މަގާމެވެ.

މީގެއިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރުކަމާއި، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަން ޝަރީފް އަދާކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވިތާ ގިނަ ދުވަސްތަކެއް ފަހުން، ޝަރީފް ސްޓެލްކޯގެ އެމްޑީކަމަށް އައްޔަނު ކުރީ މިދިޔަ މާޗު މަހު އެވެ. އޭގެ ފަހުން ޝަރީފް ސިޔާސީ ގޮތުން، ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވައި، ރައީސްގެ ދިފާއުގައި ވާހަކަ ދައްކަވާފައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޝަރީފް ތާއީދު ކުރެއްވީ، ޕާޓީގެ ޗެއާޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގެނައުމަށެވެ. އަދި ޝަރީފާއި އެކު އެމްޑީޕީއަށް ސޮއި ކުރެއްވި، އަކްރަމަކީ މީގެ ކުރިން ވެސް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނުނު ބޭފުޅެކެވެ. އަކްރަމް އަދާކުރައްވާފައި ވަނީ ޕާޓީގެ ޑެޕިއުޓީ ސެކޭޓްރީ ޖެނެރަލްކަމެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފެށުމަށް އެމްޑީޕީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކެނޑިޑޭޓަކު ހޮވުމަށް ބާއްވަން ޖެހޭ ޕްރައިމެރީގެ ތާރީހެއް އިދާރީ މަސައްކަތްތަކަށް ފަހު އިއުލާނު ކުރާނެ އެވެ. ބެލެވޭ ގޮތުގައި މި ޕްރައިމެރީގައި ރައީސް ސޯލިހާއި އެކު ދެން ވާދަ ކުރައްވާނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީއަށް ދާދި ފަހުން، އެ ޕާޓީގެ ޗެއާޕާސަންކަމާއި، ޕާޓީގެ ހަރަކާތްތަކުގައި މީގެ ކުރިން ވަރަށް އިސްކޮށް އުޅުއްވި ރީކޯ މޫސާ މަނިކު ވެސް ވަނީ ސޮއި ކުރައްވާފަ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: