ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ދަރަނީގައި ޔޫތު މިނިސްޓްރީގެ ޒިންމާއެއް ނެތް: މަހްލޫފް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ދަރަނީގައި ޔޫތު މިނިސްޓްރީގެ ޒިންމާއެއް ނެތް ކަމަށް ޔޫތުމިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެފްއޭއެމް އިން އެކި ފަރާތްތަކަށް ދޭން އޮތް ފައިސާ އާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެޅުއްވި ފިޔަވަޅާއި އެމައްސަލަ އޭސީސީ އަށް ހުށައަޅާފައިވޭތޯ ނުވަތަ ހުށަނާޅާ ނަމަ އެކަމުގައި އަމަލު ކުރާނެ ގޮތަކާއި މެދު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ސުވާލު ކުރައްވާފައެވެ.

ނެޝަނަލް އެސޯސިއޭޝަން ތަކަކީ އެމީހުން އަމިއްލައަށް ދަރަންޏަށް ޒިންމާވާގޮތަށް އުފެދިފައިވާ ތަންތަން ކަމަށްވުމާއެކު އެކަމުގައި މިނިސްޓްރީގެ ޒިންމާއެއް ނެތް ކަމަށް މަހްލޫފް ވިދާލުވިއެވެ. އަދި އެފްއޭއެމްގެ ފަރާތުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ އަކީ އެފްއޭއެމް އިން ކޮށްފައިވާ މަސައްކަތެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ދޭންޖެހޭ ފަރާތްތަކަށް ނުދެވިގެންކަމަށް ކުރިމަތިވެގެންއުޅޭ ކަމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެފްއޭއެމްގެ ދަރަނީގެ ކަންބޮޑުވުން ހުރިކަން ފާޅުކޮށް މަހްލޫފް ވިދާޅުވީ އެކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވެމުންދާކަމަށެވެ.

ދާދިފަހުން ސްޓެލްކޯގެ ފަރާތުން ވަނީ އެފްއޭއެމް އިން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސްއިން ކަރަންޓް ކަނޑާލާފާއެވެ.

އެފްއޭއެމްގެ ކަރަންޓުގެ ހިދުމަތް މެދުކަނޑާލި އިރު، އެ އެސޯސިއޭޝަނުގެ އިމާރާތް ބާވުމުގެ ސަބަބުން ޗާނދަނީ މަގުގެ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ދެން ތަނުގެ އެހެނިހެން މަސައްކަތް ކުރިޔަށް ދަނީ، ގަލޮޅު ދަނޑުގެ ބައެއް އޮފީސްތަކުގަ އެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އެފްއޭއެމްއިން، މެނޭޖަރުންނާއި ކޯޗުން އަަދި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އަދި ގައުމީ ޓީމު މޮޅުވި މެޗަކުން، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ދާދިފަހުން އެ މައްސަލަ ވެސް މީޑިއާތަކުގައި ފެންމަތިވި އެވެ.

އެފްއޭއެމްއިން ބުނީ ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމައަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލުކުރެވިފައި ވަނީ ނުބައިކޮށް ކަމަށް އެ ފަރާތުން އިއުތިރާފް ވެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެ ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހައްލު ނުވެފައިވާ ކަމަށާއި އެކަމުގައި އެފްއޭއެމް އިން ސްޓެލްކޯގެ މައްޗަށް ގާނޫނީ ގޮތުން އެއްވެސް ދައުވާއެއް އުފުލާފައި ނުވަނީ އެ ފަރާތުގެ އެދުމުގެ މަތިން މަޝްވަރާގެ މަތިން އެ މައްސަލަ ހައްލުކުރުމުގެ އުންމީދުގައި ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމް އިން އޭޑީކޭ ހޮސްޕިޓަލަށް ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން އެކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެއްމަސްދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ.

އެފްއޭއެމުން ކްލަބްތަކާއި އެނޫން ވެސް ގިނަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދީ އޮތް އިރު ގައުމީޓީމްގެ ކުޅުންތެރިންނަށާއި ވިޔަފާރި ކުންފުނިތަކަށް ވެސް ފައިސާ ނުދީ ވާކަން ފާހަގަކޮށްލެވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: