ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމް މަރާލި ކަމަށް ތުހުމަތު ކުރާ މަފާޒްގެ މައްޗަށް ކުށް ސާބިތެއް ނުވި

ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގއި ދައުލަތުން ދައުވާ އުފުލާފައިވާ ގ. ޝާރާޒް މުހައްމަދު މަފާޒްގެ މައްޗަށް ކުށް ސާބިތު. ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްވި ހުކުމުގައި ބުނެފައިވާ ގޮތުގައި މަފާޒްގެ ނަދީމް މަރާލި ކަމަށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތެވެ. އެގޮތުން މަފާޒް ނަދީމް މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ ތަފާތު ހުރުމާއި އަދި މަފާޒް ނަދީމް މަރާލި ކަމަށް ބުނެ ހެކީގެ ގޮތުގައި ހުށަހަޅި ވަޅިން  މަފާޒްގެ ޑީއެންއޭ ފެނިފައިނެތްކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ވެސް ދައުލަތުގެ ސިއްރު ހެކިން ހެކިބަސް ދިނިމަށް ފަހު އަލުން ހެކި ބަސް ދިނުމަށް އެދުމށާއި މިނޫން ވެސް ގިނަ ކަންތައްތަކެއް ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިއިރު، ބައެއް ހެކިންތައް ހާޒިރު ކުރުމުގައި ދަތިތަކެއް ދިމާވި އެވެ. ސިއްރު ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށް ތިން ފަހަރެއްގެ މަތީން ކެންސަލް ކުރަން ޖެހުނެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 05:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: