ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރުތަކުން ކަރަންޓް ދިޔައީ މެއިން ކޭބަލް ބުރިވެގެން: ސްޓެލްކޯ

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައިކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށެވެ.

ސްޓެލްކޯ އިން ”ސަންގު“ އަށް މައުލޫމާތުދެމުން ބުނީ ކަރަންޓު ކެނޑުނީ މަގެއް ހަދަން އުޅުމުގެ ތެރޭގައި ހިޔާ ފްލެޓަށް އަޅާފައިވާ މެއިން ކޭބަލް ބުރިވުމުގެ ސަބަބުންކަމަށެވެ. މިހާރު މަސައްކަތްކުރަނީ އެހެން ރޫޓެއް މެދުވެރިކޮށް ކަރަންޓު ދިނުމަށްކަމަށާއި، ނަމަވެސް އެގޮތަށް ކަރަންޓު ނުދެވިއްޖެނަމަ މެއިން ކޭބަލް ރިޕެއާ ކޮށްގެން ކަރަންޓު ދިނުމަށް 3 ގަނޑިއެއްހާއިރު، ނަގާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށެވެ.

މީގެ ކުރީގައިވެސް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ކޮނުމުގެ ތެރޭގައި ގެއްލުންވެގެން ހިޔާ ފްލެޓުތަކުން ކަރަންޓު ގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: