ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޒައިލް ބޭނުންވަނީ ދީލަތި އެހީއެއް !

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން އެންމެ 7 އަހަރުގެ ގދ ފަރެސްމާތޮޑާ އަށް އުފަން ހުޒެއިލް ބިން ހޫދް އަބްދުލް ޣަފޫރަކީ އެޕިލެޕްސީގެ ޕޭޝެންޓެކެވެ. މި ބަލި އެންމެ ފުރަތަމަ ހުޒެއިލްގެ ފަރާތުން ފާހަގަވެފައިވަނީ އޭނާގެ އުމުރުން އެންމެ 4 އަހަރުގައެވެ. އެ ބަލީގައި ސިކުނޑީގެ އެކި ހިސާބުތަކަށް ފިޓްޖެހޭ ކަމަށް ހުޒެއިލްގެ އާއިލާ އިން ވަނީ ބުނެފައެވެ.

ހުޒެއިލްގެ އާއިލާގައި ހުޒެއިލްގެ ހަގަށް އިތުރު ދެ ކުދިން ތިބެއެވެ. އެއީ 4 އަހަރުގެ އަންހެން ކުއްޖަކާއި 7 މަހުގެ ފިރިހެން ކުއްޖެކެވެ.

ހުޒެއިލްގެ މަންމަ ވަފާ އަބްދުﷲ ، ބުނި ގޮތުގައި ހުޒެއިލް ގެ ބަލި ދެނެގަތުމަށް މިހާތަނަށް ތަފާތު އެކި ސްކޭން ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އައިޖީއެމް އެޗް ހޮސްޕިޓަލުން މީގެ ދެ އަހަރުކުރިން އީއީޖީ އެއް ހެދިފައިވެއެވެ. އެ ފަހަރު ޑޮކްޓަރު ބުނީ ހުޒެއިލްގެ ބޮލުގައި އުފެދުމުގައި ވެސް ލޯވަޅެއް އިންނަ ކަމަށެވެ. އަދި އެ ލޯވަޅަކީ އަމިއްލައަށް ބެދޭނެ ލޯވަޅެއް ނޫން ކަމަށެވެ. އެ ފަހަރު ސްކޭން ހެދުނީ ނިންދަވައިގެން 15 މިނެޓް ވަންދެނެވެ.

ހުޒެއިލް އަށް ފަރުވާ ދިނުމަށް އައިޖީޢެމްއެޗްގައި ހުރި ކުޑަކުދިންގެ ނާރުގެ ޑޮކްޓަރަކަށް ދެއްކުނެވެ. ޑޮކްޓަރަށް ދައްކައި ބޭސް ބޭނުންކުރަމުން ދަނިކޮށް ޑޮކްޓަރު ފުރައިގެން ދިޔުމުން ހުޒެއިލްގެ މަންމަ އަށް ޖެހުނީ ހުޒެއިލް ގޮވައިގެން އިންޑިއާ އަށް ދާށެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ހުޒެއިލްގެ އީއީޖީ އިތުރު ޓެސްޓެއް 2021 ވަނަ އަހަރު ހެދުނެވެ. އެ ޓެސްޓް ހެދީ 8 ގަޑިއިރު ނިންދަވައިގެންނެވެ. އެ ޓެސްޓް ހެދި ގަޑީގައި އެކަނި ހުޒެއިލް އަށް ވަނީ 11 ފަހަރު ފިޓް ޖެހިފައި ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

މިއަހަރު ގެ ޖުލައި މަހުގެ ތެރޭގައި ވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި 24 ގަޑިއިރު ނިންދަވައިގެން ހެދި އީއީޖީ އިން ވެސް ފާހަގަ ވެފައިވަނީ ފިޓްޖެހުނު ކަމަށެވެ. އެފަހަރު ފިޓްޖެހުނު އަދަދެއްވެސް ނޭނގޭ ކަމަށް ޑޮކްޓަރާއި ހަވާލާދީ ހުޒެއިލްގެ މަންމަ ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލް އިން ހެދި ޓެސްޓް އިން އެނގުނު ގޮތުގައި ހުޒެއިލް އަށް ވަރަށް ގިނައިން ވަނީ ފިޓްޖެހިފައެވެ. އޭގެ ފަހުން ހުޒެއިލް  ނާރުގެ ޑޮކްޓަރަކަށް ދައްކާ ފިޓް ޖެހުން ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުން ކުރަމުން ގެންދިޔައެވެ.

ފިޓްޖެހުން ކޮންޓްރޯލް ކުރުމަށް ދީފައިވާ ބޭހުން އެންމެ އެދެވޭ އަސަރު ނުކުރާ ކަމަށް ހުޒެއިލްގެ މަންމަ ބުނެފައިވެއެވެ. އަދި އެއްފަހަރު ބޭނުން ކުރި ބޭހެއްގެ ސަބަބުން ތުއްތު ހުޒެއިލް ހައިޕަރ ޓެންޝަނަށް ދިޔަ ކަމަށް ވެސް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ހުޒެއިލް އަށް ރަނގަޅަކަށް ނުނިދެއެވެ. ފިޓް ޖެހުމުގެ ސަބަބުން ހުޒެއިލްގެ މިޒާޖަށް ބަދަލު އައިސް ދިރިއުޅުމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް މަންމަ ބުނެފައިވެއެވެ. އެގޮތުން ނިދަން އުނދަގޫ ވުމާއި ސިއްސައިގެން ގޮސް ހޭލެވުމާއި ރުޅިގަދަވުމުގެ އިތުރުން ސިޔާސަ ވުމަކީ ހުޒެއިލްގެ ބަލީގެ އަލާމާތްތައް ކަމަށް މަންމަ ކިޔައިދީފައިވެއެވެ.

ހުޒެއިލްގެ މަންމަ ބުނި ގޮތުގައި އެ އާއިލާގައި މިހާތަނަށް މީގެ ކުރިން ފިޓް ޖެހިފައިވާ އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ހުޒެއިލްގެ ބައްޔަކީ އާއިލީގޮތުން ދިމާވި ކަމެއްނޫންކަމަށްވެސް މަންމަ ކިޔައިދީފައިވެއެވެ.

ހުޒެއިލްގެ ބައްޔަށް ދާއިމީ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު އެބަލި ފަސޭހަކުރުމަށް ހަދަންޖެހޭ ސާޖަރީ ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ހުޒެއިލްގެ ސިކުނޑިއަށް ފިޓް ޖެހެނީ އެކިފަހަރު އެކި ތަންތަނަށް ކަމަށް ވާތީއެވެ. އެހެންކަމުން ސާޖަރީ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައިކަމަށް ހުޒެއިލްގެ މަންމަ ވަނީ ބުނެފައެވެ.

ހުޒެއިލްގެ އިތުރު ޓެސްޓްތައް ހެދުމަށާއި އިތުރު ފަރުވާ އަށް އިންޑިއާ އަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އެހެނިހެން ހަރަދުތައް ކުރުމަށް ހެޔޮއެދޭ ހުރިހާ އެންމެންގެ ދީލަތި އެހީ އާއި ހެޔޮ ދުއާ ބޭނުންވެއެވެ. އެހެންކަމުން ހުޒެއިލްގެ ބޭސްފަރުވާއަށް އެހީތެރިވުމަށް ބޭނުންވެލައްވާ އެންމެހައި ފަރާތްތަކުގެ އެހީ ލިބުމަކީ އާއިލާއަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމުގައި ހުޒެއިލްގެ މަންމަ ވަނީ ބުނެފައެވެ.

Wafa Abdullah: 7730000221369 (MVR)                        ވަފާ އަބްދުﷲ (ހުޒެއިލްގެ މަންމަ)  7669254

Fathimath Waheedha: 7730000127953 (USD)                  ފާތިމަތު ވަހީދާ (ހުޒެއިލްގެ މަންމަ ފަރާތު މާމަ)

އާއިލާއިން ބުނި ގޮތުގައި ހުޒެއިލްގެ އިތުރުފަރުވާ އާއި ޓެސްޓްތައް ހެދުމަށް އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 89%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: