ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށައެޅުމާ ބެހޭ އުސޫލު އާއްމުކޮށްފި

ފުއާދު ތައުފީގް: ފޮޓޯ އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީ ތަކަށް މެމްބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމް ދަފްތަރުކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅިފައިވާ ފޯމްތަކަކީ ސައްހަ ފޯމްކަމުގައި ކަށަވަރުކުރުމަށް ޝަކުވާ ހުށަހެޅުމާބެހޭ އުސޫލު އާއްމުކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ޖަދުވަލު 8 ގައި އެ އުސޫލު ވަނީ އާއްމުކޮށްފައެވެ.

ސިޔާސީ ޕާޓީގައި ދަފްތަރު ކޮށްދިނުމަށް އެދި ހުށހަޅާ ފޯމްތަކާއެކު ފޮނުވާ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކުރަންވާނެ ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން އާއްމުކުރާ ލިސްޓުގައި މެމްބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑް ނަމްބަރުގެ ފަހުތިން އަކުރާއި ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފާޓީގެ ނަން ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ މައުލޫމާތު ހިމަނައިގެން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމްގައި މެމްބަރަކަށް ވުމަށް އެދޭފަރާތުގެ ފޯން ނަމްބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަމްބަރަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީއަކަށް ވެސްދުމަށް އެދި ހުށަހަޅާފައިވާކަން ބަޔާންކޮށްދޭ މެސެޖެއް ފޮނުވަން ޖެހޭނެއެވެ. އަދި އެ މެސެޖަށް ފޮނުވާތާ 7 ދުވަސް ތެރޭގައި ޕާޓީއަށް ވަނުމަށް އެދޭފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ.

މީގެ އިތުރުން ޝަކުވާނެ ޖަވާބު ތިން ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިލެކްޝަންސް އިން އާއްމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއަކީ ސައްހަ ޝަކުވާއެއްނަމަ، ފޯމް ބާތިލްކޮށް އެ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އެކަން އަންގަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ސައްހަ ނޫން ފޯމް ހުށަހެޅި ޕާޓީއަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ސައްހަ ނޫން ފޯމްތައް ހުށަހަޅާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. މިހާރަކަށް އައިސް މީހުންނަށް ނޭނގި އެމީހުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ޕާޓީގެ ދަފްތަރުގައި ޖައްސާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: