ދައުލަތުގެ ހަރަދުތައް އިތުރުވަމުން ދިއުމާއި، ދަރަނީގެ އަދަދުތައް އިތުރުވަމުންދިއުމަކީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހުރި ހުރަހެއްކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޖީއެސްޓީ ބޮޑު ކުރުމަށް ހުށައެޅި ބިލު ފާސްވުމާއި ގުޅިގެން، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އިތުރުން އާންމު ރައްޔިތުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، ލިބޭނެ ކަމަށް ބުނާ ފައިސާ ހޯދުމުގައި ކުރިމަތިވެގެންދާ ދަތިތިކާއި، އިތުރުވަމުންދާ ދަރަނީގެ އަދަދުތައް އަދި ސަރުކާރުގެ ހަރަދުތައް އިތުރުވުމަކީވެސް ގައުމުގެ މާލީ ހާލަތަށް ހުރި ނުރައްކަލެއްކަމަށެވެ.
ޝަރީފް ވިދާޅުވީ، އެހެންކަމުން ދެމެހެއްޓެނިވި މާލީ ހާލަތެއް ގާއިމު ކުރުމަށްޓަކައި، ޓެކްސް އަދި އެހެނިހެން އާމްދަނީގެ ބޭނުން އެކަށީގެންވާ އުސޫލެއްގެ މަތިން ކުރުމަކީ މުހިންމުކަމެއްކަމަށެވެ.
We all agree that increasing expenditure,rising public debt n arrears in revenue collection pose fiscal risks n challenges in achieving short-term targets. To minimise risks n maintain fiscal health n sustainability,it is important to mobilise own resources(tax n non-tax revenue)
— Ibrahim Shareef (@AdduShareef) November 18, 2022
Dhaulath ge kharadhu hama jassan emme ragalhu gothakee tax adhi non tax revenue ithuru kurun kamah thabribaa kaarun ebbasvey. Mulhi dhuniyeyge igthisaadhu indhajehifa vaa dhadivalhegga gaumuge igthisaadhu huttiya nudhee hifehettumah beynunvaa kharadhu kurumah TGST bodukuree
— Ibrahim Shareef (@AdduShareef) November 18, 2022
ޝަރީފް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެހުއްސުމަށް އެންމެ ރަނގަޅުގޮތަކީ، ޓެސް އަދި އެހެނިހެން އާމްދަނީ ލިބޭނެ މަގުތައް ފުޅާ ކުރުން ކަމަށް ކަމާއި ބެހޭ މާހިރުން އެއްބަސްވާކަމަށެވެ. އަދި މި ދަނޑިވަޅަކީ މުޅި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައިވާ ވަގުތެއްކަމަށްވުމުން، ޓީޖީއެސްޓީ ބޮޑު ކުރެވިފައިވަނީ ގައުމުގެ އިގްތިސާދު ހުއްޓިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ ހަރަދުތައް ކުރުމަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

